ނޫސްވެރިންގެ އިނާމު ދިނުމަށް ޖަޖުންގެ ޕެނަލް ކަނޑައަޅައިފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިއަހަރު ދިނުމަށް ހަމަޖެހިފައިވަ ނޫސްވެރިކަމުގެ އެވޯޑަށް ލިބިފައިވާ ހުށަހެޅުންތަކަށް އިންސާފުކުރުމަށްޓަކައި ފަނޑިޔާރުންގެ ޕެނަލް ކަނޑައަޅައިފި އެވެ.

މީޑިއާ ކައުންސިލުން މިއަދު ބުނެފައިވަނީ ފަނޑިޔާރުންގެ ޕެނަލް ކަނޑައަޅައި އެ ޕެނަލް އާ ނޫސްވެރިކަމުގެ އެވޯޑު ހޮވުމުގެ މަސައްކަތް މިއަދު ހަވާލުކޮށްފައިވާ ކަމަށެވެ. ފަނޑިޔާރުންގެ ޕެނަލްގައި ހިމެނޭނީ ފަސް ބޭފުޅެއް ކަމަށް އެމްއެމްސީއިން ބުނެއެވެ. އެއީ:

1. އަބްދުﷲ ނައީމް އިބްރާހީމް

ނައީމް އަކީ ނޫސްވެރިކަމުގެ އިނާމުގެ ޖަޖުންގެ ޕެނަލްގައި ގިނަ އަހަރުތަކަކު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ ނޫސްވެރިކަމުގެ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އާފަތިސް ނޫހުގެ އެޑިޓަރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ.

2. މުހައްމަދު ނާޝިދު

ޓީވީ މޯލްޑިވްސްގެ ނިއުސް ރޫމްގެ އިސްވެރިޔެއްގެ ގޮތުގައި އަށް އަހަރު މަސައްކަތް ކުރައްވާފައިވާ ނާޝިދު ވަނީ ސަރުކާރަށްވެސް އެތައް އަހަރެއް ވަންދެއް ހިދުމަތްކޮށްދެއްވާފައެވެ.

3. އަލީ ނިޝާން

ނިޝާން އަކީ ފޮޓޯގްރަފީގެ ދާއިރާއިން ފާހަގަކޮށްލެވޭ ނަމެކެވެ. ހަވީރު ނޫހުގައި އެންމެ ފުރަތަމަ ފޮޓޯ ޖާނަލިސްޓެއްގެ ގޮތުގައި މަސައްކަތްކުރި ނިޝާން އަކީ އަދިވެސް ފޮޓޯގްރަފީ އާއި ވީޑިއޯގްރަފީގެ ދާއިރާއިން މަސައްކަތްކުރާ ފަރާތެކެވެ. ފޮޓޯގްރަފީގެ ދާއިރާއިން އޭނާ ދަނީ މީހުން ތަމްރީންވެސް ކުރަމުންނެވެ. މިދިޔަ އަހަރުވެސް ނިޝާން ޖަޖިންގެ ޕެނަލްގައި ހިމެނުނެވެ.

3. މުހައްމަދު އަފްރާހް

އަފްރާހް އަކީ ޓީވީ މޯލްޑީވްސް ގައި ސީނިއާ އެޑިޓަރެއްގެ ގޮތުގައި ގިނަ އަހަރުތަކެއް މަސައްކަތްކުރައްވާފައިވާ ފަރާތެކެވެ. އޭނާ ވަނީ ބްރޯޑްކާސްޓިން ދާއިރާއިން ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފަ އެވެ. އޭނާ މީގެ އަހަރުވެސް ޖަޖިންގެ ޕެނަލްގައި ހިމެނުނެވެ.

4. އަޝްވާ ފަހީމް

އަޝްވާއަކީ އިނގިރޭސިވިލާތުގެ މޮންޓްފޯޑް ޔުނިވާސިޓީއިން ފޮޓޯގްރަފީ ދާއިރާގެ މާސްޓާސް ހަދާފައިވާ ފަރާތެކެވެ. އޭނާ ވަނީ ރާއްޖެޓީވީގައި ފޮޓޯ އަދި ވީޑިއޯ ޖާނަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ. ރޮއިޓާސް ފަދަ ބައިނަލްއަގުވާމީ އޭޖެންސީތަކަށް އޭނާ ދަނީ ފްރީލާންސްކޮށް ފޮޓޯ އަދި ވީޑިއޯ ނަގައިދިނުމުގެ މަސައްކަތް ކުރަމުންނެވެ.

މީޑިއާ ކައުންސިލްއިން ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލާން ހުޅުވާލީ މިމަހުގެ 10 ވަނަ ދުވަހު އެވެ. މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް އެ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވެފައިވާއިރު މިއަހަރުގެ އެވޯޑުގެ 11 ދާއިރާއަކަށް 80 ހުށަހެޅުމެއް ވަނީ ލިބިފަ އެވެ.

މިފަހަރުގެ ނޫސްވެރިކަމުގެ އިނާމަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ފީޗާ އަދި ރިޕޯޓް ކެޓަގަރީއިންނެވެ. އެ ކެޓަގަރީން 29 ފަރާތަކުން މިފަހަރު ކުރިމަތިލާފައިވެ އެވެ.

މިފަހަރު އިނާމްތައް ދޭއިރު ތަހުގީގީ ނޫސްވެރިކަމުގެ ނަމުގައި އާ ކެޓަގަރީއެއްވެސް ވަނީ ތައާރަފްކޮށްފަ އެވެ. އެ ކެޓަގަރީއަކުން ދެ ފަރާތަކުން ވަނީ ކުރިމަތިލައިފަ އެވެ.

އޭގެ އިތުރުން ތިމާވެެއްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ނަމުގައި އަަލަށް ތައާރަފްކުރި ކެޓަގަރީންވެސް ތިން ފަރާތަކުން ކުރިމަތިލާފަ އެވެ.

އުއްމީދީ ނޫސްވެރިކަމުގެ ކެޓަގަރީން މިފަހަރު ފަސް ފަރާތެއް ވަނީ ކުރިމަތިލައިފަ އެވެ. މިފަހަރު އުންމީދީ ނޫސްވެރިޔާގެ އެވޯޑް ވެސް ޖަޖު ކުރާނީ ފަނޑިޔާރުންގެ ޕެނަލުންނެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ