ކުރިން ފްލެޓް ލިބުނު ހާއްސަ އެހީއަށް ބޭނުންވާ 500 އަށްވުރެ ގިނަ ކުދިންގެ ފްލެޓް އަތުލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި “ހިޔާ” ފްލެޓްތައް ލިބުނު ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ 500 އާއިލާއަށް ފްލެޓް ނުލިބޭނެކަން ކަށަވަރު ވެއްޖެކަމަށް ހިޔާ ފްލެޓްތަކާއި ގުޅޭ ކަންބޮޑުވުންތަކުގެ ވާހަކަތައް ދައްކަމުން ގެންދާ “ކޮތަރު ކޮށި” ގްރޫޕުން ބުނެފިއެވެ.

“ކޮތަރު ކޮށި” ފޭސްބުކް ޕޭޖްގައި ބުނެފައި ވަނީ ސަރުކާރުގެ ނިންމުންތަކުގެ ސީދާ ނަތީޖާއެއްގެ ގޮތުން ފްލެޓު ލިބިފައި ތިބި ހާއްސަ އެހީއަށް ބޭނުންވާ 500 އަށްވުރެ ގިނަ ކުދިންނާއި އެކުދިންގެ އާއިލާ އަށް ވަނީ ފްލެޓު ނުލިބޭނެކަން މިހާރު ކަށަވަރު ވެފައިވާ ކަމަށެވެ.

ކުރިން ފްލެޓު ކަށަވަރުވި އެތައް އާއިލާ އެއްގެ ފްލެޓު މިހާރުވަނީ ނިގުޅައިގަނެފައި ކަމަށާއި އޭގެ ސަބަބު ސާފު ނުވެ، ލިޔުނު ސިޓީތަކަށް ޖަވާބު ނުލިބި، ވާއެއް ނުވާއެއް ނޭގި މިފަދަ ހާއްސަ އެއީހަށް ބޭނުންވާ އެތައް އާއިލާއެއް ވަރަށް ދަތިހާލުގައި އުޅެމުން ދާއިރު ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހައްގުތަކަށް ވަކާލާތު ކުރަން އުފެއްދި ޖަމިއްޔާ ޖަމާއަތްތައް ކޮބައިތޯ “ކޮތަރު ކޮށިން” ވަނީ ސުވާލު އުފައްދާފައެވެ.

“އެޖަމިއްޔާ ޖަމާއަތްތަކަކީ އެފަރާތްތަކުގެ ހައްގުގައި ވަކާލާތު ކުރުމުގެ ޒިންމާއޮތް އެ ހަައިސިއްޔަތު އޮތް ފަރާތްތައް ކަމަށް ވާއިރު ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ފްލެޓުގެ ކަންތަކުގައި ހަނު ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެމްއޭޕީޑީ ކޮބައިތޯއެވެ؟ އޯޓިޒަމް އެސޯސިއޭޝަން ކޮބައިތޯއެވެ؟ ބިއުޓިފުލް އައިސް އެސޯސިއޭޝަން ކޮބައިތޯއެވެ؟ އަދި ދެންވެސް ހުރި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގައި ހައްގުގައި މަސައްކަތްކުރަން އުފެއްދި ޖަމިއްޔާ ޖަމާއަތްތައް ކޮބއިތޯއެވެ؟” ކޮތަރު ކޮށިން ފޭސްބުކްގައި ކުރި ޕޯސްޓްގައި ބުނެފައި ވެއެވެ.

މިއާއިލާތަކުގެ ދިރިއުޅުމުގެ ހާލަތު އެއީ އެފަރާތްތަކާއި އަދި ހާއްސަ އެއީއަށް ބޭނުންވާ ކުދިންގެ ސިއްހަތާއި، ޓްރީޓްމެންޓްތަކާއި އަދި ތެރަޕީތަކާއި ސީދާ ގުޅުން އޮތް އަދި އެކަންކަމަށް އެންމެ އަސަރުކުރާ އެއްމަށް ވާއިރު، ހާއްސަ އެހީއަށް ބޭނުންވާ އެފަރާތްތަކުގެ ފްލެޓުތަކުގެ ހައްގުގައި ތެދުވެ، އެފަރާތްތަކަށް ހައްގުވާ ގަދަރުވެރި ދިރިއުޅުމެއް ހޯދައިދޭން އަޑުއުފުލުމަށް ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކާއި ގުޅޭ ޖަމިއްޔާ ޖަމާއަތްތަކަށް ގޮވާލާ ކަމަށް ވެސް “ކޮތަރު ކޮށިން” ބުންޏެވެ. އަދި މިކަމުގައި މެޑަމް ⁦ފަޒުނާ‬⁩ އިސްނަންގަވާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް ފޭސްބުކް ޕޯސްޓްގައި ބުނެފައި ވެއެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ފްލެޓް ދިން ގޮތް ގޯސްކަމަށް ބުނެ މިސަރުކާރުން އަލުން ފްލެޓްތައް މީހުންނަށް ދެމުން ދާއިރު ޝަރުތު ހަމަވާ، ދިރިއުޅުމުގެ ހާލަތު ވަރަށް ދަށް އެތައް ބައެއްގެ އަތުން ފްލެޓްތައް އަތުލަމުންދާ ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ