ކުރިއަށް އޮތް ދެ އަހަރު ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރާނެ ކަންކަން ކަނޑަ އަޅައިފި

މިހާރުގެ ފެތުރެމުންދާ ކޮވިޑް-19 ޙާލަތައް ރިޢާޔަތްކޮށް ކުރިއަށް އޮތް ދެ އަހަރު ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރަން ހުރި ކަންކަން ކަނޑައަޅުއްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ އޮފީހުން ތައްޔާރުކުރައްވާފައިވާ ‘ޕޮލިސީ ޕްރަޔޮރިޓީ ލިސްޓް’ އާ ގުޅޭގޮތުން މިއަދު މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރައްވާފައި ވަނީ މިއަދު އޮންލައިންކޮށް ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައެވެ.

އެގޮތުން މި ބައްދަލުވުމުގައި ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭން 2019-2023 (އެސްއޭޕީ) އާ ގުޅޭގޮތުން މިދިޔަ މަހުގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމުގައި ކުރައްވާފައިވާ މަޝްވަރާތަކަށް ރިޢާޔަތްކޮށް މަޝްވަރާތައް ކުރެވިގެން ގޮސްފައިވާ ކަަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

އަދި ސަރުކާރުން ކުރަން ހުރި މަސައްކަތްތައް ނުކުރެވި ވަނީ ކޮވިޑް-19 ގެ ޙާލަތާ ގުޅިގެން ކަމަށާއި، އަދި ކޮވިޑް-19 އާ ގުޅޮގެން ސަރުކާރުން ކުރިއަށް ގެންދިއުމަށް ރާއްވަވާފައިވާ އެކި ކަންކަން ކުރިއަށް ގެންދިއުމަށް ގޮންޖެހުންތަކެއް ހުރުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައި ވެއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ހުރިހާ ސެކްޓަރުތަކުންވެސް ކުރިއަށްއޮތް ދެ އަހަރަށް އިސްކަންދެއްވައިގެން ކުރައްވާނެ ކަންތައްތައް ކަނޑައަޅުއްވާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

އަދި ސަރުކާރުގެ އޮފީސްތަކުން މިކަންތައްތަކަށް ޢަމަލުކުރެއްވުމަށްޓަކައި ކުރައްވަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދިއުމަށްވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުން ނިންމެވިއެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ