ދީނަށް ފުރައްސާރަ ކުރުން އާއްމުވެއްޖެ، ފިޔަވަޅު އަޅަން ގޮވާލަން – ގާސިމް

މިހާރަކަށް އައިސް ފާޅުގައި ދީނަށް ފުރައްސާރަކުރުމާއި ކީރިތި ރަސޫލާއަށް މަލާމާތްކުރުން އިތުރުވެފައިވާ ކަމަށް ވިދާޅުވެ، އެކަމަށް ހަރުކަށި ފިޔަވަޅު އެޅުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ގޮވާލައްވައިފި އެވެ.

މަސްތުގެ ހާލަތުގައި ހުރެ ދީނަށް ފުރައްސާރަ ކުރި ބިދޭސީ މީހަކު ފުލުހުން ހައްޔަރުކޮށް ފަހުން ކޯޓުން އޭނާ ދޫކޮށްލި މައްސަލައިގައި ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.

އެ މައްސަލައިގައި ކަމާބެހޭ ފަރާތްތަކަށް ފާޑުކިޔުން އަމާޒުވެފައި ވާ ދަނޑިވަޅެއްގައި ގާސިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރަސޫލާއަށް މަލާމާތްކޮށް ފާޅުގައި ފާޑުކިޔުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެކަމަށް އެންމެ ހަރުކަށި ފިޔަވަޅު އަޅަން ގޮވާލާ ކަމަށެވެ.

މަސްތުގެ ހާލަތުގައި ހުރެ އޭނާ ވަނީ އިސްލާމް ދީނަށް ފުރައްސާރަކޮށް ކޯޓުތަކަށް ވެސް ގޮންޖަހާފަ އެވެ.

މަސްތުގެ ހާލަތުގައި ހުރެ އޭނާ އެ ސަރަހައްދުގައި އަޑުގަދަކޮށްފައިވާއިރު، މަގުމައްޗަށް ވެއްޓި އޭނާގެ ބޮލުން ވަނީ ލޭ ވެސް ފައިބާފަ އެވެ.

އެ ތަނުގައި ފުލުހުން ވެސް ތިއްބައި އޭނާ ވަނީ އެތަނުން ގެއެކަށް ވަދެފަ އެވެ. ނަމަވެސް އިތުރު ފުލުހުން އައިސް ފަހުން އޭނާ ވަނީ ހައްޔަރުކޮށްގެން ގެންގޮސްފަ އެވެ.

ފުލުހުން ބުނީ އޭނާ ދީނަށް ފުރައްސާރަކުރުމުގެ އިތުރުން، މަސްތުގެ ހާލަތުގައި އާންމުތަނެއްގައި ހުރެ ހިނގައިދިޔަ ހުރިހާ ކަމަކަށް ވެސް ފުލުހުންގެ ތަހުގީގުގައި ރިއާޔަތްކޮށް، ޖިނާއީ ގޮތުން ބަލަންޖެހޭ އެންމެހާ ކަންކަން ފުލުހުން ބަލާނެ ކަމަށެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ