ބީއެމްއެލްގެ ކަސްޓަމަރުންނަށް ކާޑުތައް ޕޭޕަލް އެކައުންޓަށް ލިންކު ކުރެވޭ ގޮތް އަލުން ހަދައިފި

މި ފަހަކަށް އައިސް ކަސްޓަމަރުންގެ ކާޑުން ނޭނގި މުއާމަލާތްތައް ހިންގާ މައްސަލަތައް ފެންމަތިވުމުން ޕޭޕަލް ބްލޮކްކުރުމަށްފަހު ބީއެމްއެލް އިން އަލުން ޕޭޕަލް އަންބްލޮކް ކޮށްފި އެވެ.

ފަހަކަށް އައިސް ކަސްޓަމަރުންނަަށް ނޭގި ކާޑުގެ ބޭނުންކޮށްގެން ކުރާ މުއާމަލާތްތައް ގިނަވަމުންދާކަން ފާހަގަވެ، ރައްކާތެރިކުރުމުގެ ފިޔަވަޅެއްގެ ގޮތުން ބީއެމްއެލްއިން ބައެއް ޕޭޕަލް މާޗަންޓުން ވަނީ ދާދި ފަހުން ބްލޮކްކޮށްފަ އެވެ.

އެގޮތަށް ނިންމުމުގެ ސަބަބުން ބީއެމްއެލްގެ ކާޑުތައް ޕޭޕަލް އެކައުންޓަށް ލިންކު ކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ބީއެމްއެލް އިން ފާހަގަކޮށްފައިވެ އެވެ.

ބީއެމްއިލް ބުނީ މިހާރު ވަނީ ހުރިހާ ޕޭޕަލް މާޗަންޓުން އަންބްލޮކް ކޮށްފައި ކަމަށާއި މިހާރު ކަސްޓަމަރުންނަށް ބީއެމްއެލް ކާޑުތައް ޕޭޕަލްއާ އަލުން ލިންކް ކުރެވޭނެ ކަމަށެވެ.

އެހެން ނަމަވެސް، ކުރިޔަށް އޮތްތާގައިވެސް މިފަދަ ސައްހަ ނޫން މުއާމަލާތައް ހިނގާތޯ ބަލައި އެފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބޭންކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. އަދި މާޗަންޓުން ބްލޮކް ކުރަން ޖެހޭ ހާލަތްތަކުގައި އެފަދަ ކަންތައްތައްވެސް ކުރާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

ބީއެމްއެލް އިން ދޫކޮށްފައިވާ ކާޑުތަކަކީ، ވިޔަފާރީގެ މުއާމަލާތްތައް ސައްހަކުރުމަށާއި ކަސްޓަމަރަށް ނޭނގި ކާޑުގެ ބޭނުން ކުރުން ހުއްޓުވުމާއި ކަސްޓަމަރުންނަށް ލިބިދާނެ މާލީ ގެއްލުމަކުން ރައްކާތެރިކަން ހޯދައިދިނުމަށް ތްރީޑީ ސެކިޔޯ އޮތެންޓިކޭޝަންގެ ރައްކާތެރިކަން ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ކާޑުތަކެއްކަން އެ ކުންފުނިން ބުނެ އެވެ. އަދި ކާޑާއި އެކައުންޓުން ގޮތް ނޭނގޭ ސައްހަ ނޫން މުއާމަލާތެއް ހިނގާފައިވޭތޯ ބެލުމަށްފަހު ޝައްކުކުރެވޭ މުއާމަލާތްތަކުގެ މައުލޫމާތު ބޭންކަށް ހުށަހެޅުމަށް ބީއެމްއެލް އިން ވަނީ އެދިފަ އެވެ. އެގޮތަށް އެކައުންޓުން ހިނގާފައިވާ ސައްހަނޫން މުއާމަލާތެއް، އެ މުއާމަލާތެއް ހިނގާފައިވާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ބޭންކަށް ހުށަހަޅަން ޖެހޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ