މިއަދު ކޮވިޑް 19 އަށް 66 މީހުން ޕޮޒިޓިވްވެއްޖެއެވެ. އޭގެ ތެރޭގައި 54 ދިވެހިންނާއި 12 ބޭރު މީހުން ހިމެނެއެވެ.
މިއަދު ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ފެނުނު 60 ކޭސް އަދި އަތޮޅުތެރެއިން ފެނުނު 06 ކޭސް އެވެ.
މިއަދު 66 މީހަކު ޕޮޒިޓިވްވި އިރު، 1،232 ސާމްޕަލް ވަނީ ޓެސްޓުކޮށްފައެވެ.
އެއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ވަނީ 10,808 އަށް އަރައިފައެވެ. އޭގެ ތެރެއިން 9،654 މީހަކު ވަނީ ބަލިން މުޅިން ރަނގަޅުވެފައެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑްގެ އެކްޓިވް ކޭސްގެ ގޮތުގައި 1،113 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން 74 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ އިރު، އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 369 މީހުންނެވެ.
ކޮވިޑް ޖެހިގެން މިހާތަނަށް 34 މީހުން ވަނީ މަރުވެފައެވެ.
ކޮވިޑް-19 ގެ އިތުރު ރާޅެއް ނައިސްފި ނަމަ ޕޮޒިޓިވްވާ އަދަދު އެއްވަރެއްގައި ހިފެހެއްޓުމަށް ދޮޅު މަސް ނަގާނެ ކަމަށް ހެލްތް މިނިސްޓްރީ ވަގުތީ ގޮތުން ހިންގުމާއި ހަވާލުވެ ހުންނެވި ހައުސިންގ އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.
ކޮމިއުނިޓީ ސްޕްރެޑެއް އޮތް މާލޭގެ ފުރަބަންދަށް ލުއިތަތެއް ދިނުމުން ކޭސްތައް އިތުރުވާން ފެށުމުން، މާސްކް އެޅުން މަޖުބޫރުކޮށް ރޭގަނޑު އަށެއްގެ ފަހުން ވެހިކަލް ދުއްވުން މަނާކުރި އެވެ. ނަމަވެސް މި ފަހުން ކޭސްތައް މަދުވާން ފެށުމުން އަނައްކާ ވެސް ރޭގަނޑު 10 އާ ހަމައަށް ވެހިކަލް ދުއްވައި ބޭރުގައި އުޅެވޭ ގޮތަށް ވަނީ ބަދަލު ގެނައިސްފަ އެވެ.