ދެކުނު ކޮރެއާގެ 33 ބުރީގެ އިމާރާތެއްގައި ރޯވެއްޖެ

ދެކެނު ކޮރެއާގެ އުލްސަން ސިޓީގައި ހުންނަ 33 ބުރީގެ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެ އިމާރާތަކީ ގިނަ އެެޕާޓްމެންޓަކެއް ހުންނަ އިމާރާތެކެވެ. އެ އިމާރާތުގައި ބޮޑަށް ރޯވެގެން ދިޔައީ ވައިގަދަވުމުގެ ސަބަބުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ދެކުނު ކޮރެއާގެ އިންޓީރިއާ އެންޑް ސޭފްޓީ މިނިސްޓްރީން ވަނީ އެ ހާދިސާގައި 88 މީހަކަށް ކުދިކުދި އަނިޔާތައް ވެފައިވާކަން ހާމަކޮށްފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއްވި ކަމުގެ މައުލޫމާތެއް އެނގިފައި ނުވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ބައެއް މީޑިއާތަކުން އާއްމުކޮށްފައިވާ ވީޑިއޯތަކަށް ބަލާއިރު، އެ އިމާރާތުގެ ފަސް ވަރަކަށް ފަންގިފިލާގައި ރޯވެފައި ވެއެވެ. އަދި ބައެއް ތަކެތި އެ އިމާރާތުން ބިންމައްޗަށް ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯތައް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެ ސިޓީގެ ކަމާއި ބެހޭ އިދާރާތަކުން ބުނެފައިވާގޮތުގައި، އެ އިމާރާތުގައި ދިރިއުޅެމުންދާ އެތައް ހާސް ބަޔަކު ވަނީ އެތަނުން ނެރެފައެވެ. އަދި އެ އިމާރާތުގެ އެންމެ މަތީ ފަންގިފިލާއަށާއި، އެހެން ތަންތަނަށް އެރި 77 މީހަކުވެސް ސަލާމަތްކޮށްފައިވާ ކަމަށް ވެއެވެ.

މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފެއް ނުވެއެވެ. އެހެން ނަމަވެސް އެކަން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ އިމާރާތުގައި ފުރަތަމަ ރޯވެފައި ވަނީ އަށް ވަނަ ފަންގިފިލާއާއު 12 ވަނަ ފަންގިފިލާއާ ދެމެދުގައެވެ. އެ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ވަގުތު ނަގާފައި ވަނީ،ވައިގަދަވުމުގެ ސަބަބުން ކަމަށް މީޑިއާތަކުން ބުނެއެވެ.

މީޑިއާތަކުން ބުނާގޮތުގައި، އަދިވެސް އެ އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްވެފައެއް ނުވެއެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ