އައްޑޫ އޮޕަރޭޝަން: އިތުރު ތިން މީހަކު ޝަރީއަތް ނިމެންދެން ބަންދަށް

އައްޑޫ ސިޓީގައި ފުލުހުން ކުރިއަށް ގެންދިޔަ މަސްތުވާތަކެތީ ހާއްސަ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އިތުރު ތިން މީހަކު ޝަރީއަތުން ގޮތެއް ނިންމެންދެން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފިއެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކުރި ތިން މީހުންނަކީ ސ. ހިތަދޫ/ ފިނިފަރު، ހަސަން އާމިރު (25އ) ، އާއި ސ. ހިތަދޫ/ބުލޫބާރޑް، ހޫދު ލަތީފް (24އ) އާއި ސ. ހިތަދޫ/މަންދޫބުގެ، ޙުސައިން ސިމާޙު (27އ)އެވެ.

މި ތިން މީހުންނާއެކު ޖުމްލަ ފަސް މީހަކު ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. އެއީ އައްޑޫގެ ބޮޑު ޑްރަގް ލީޑަރެއް ކަމަށް ތުހުމަތު ކުރާ ސ. ހިތަދޫ/ފިނިފަރު، ޢަބްދުﷲ އިބްރާހިމް (33އ) އާއި ސ. ހިތަދޫ/ކޯޅި، މުހައްމަދު ޔާމީން ނަސީރު (23އ) އެވެ.

މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ފުލުހުން ހިންގި މި އޮޕަރޭޝަންގައި 16 މީހަކު ހައްޔަރު ކުރިއެވެ. މިމައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ތަހުގީގަށް އިތުރަށް ބަންދުގައި ބައިތިއްބަން ނުފެންނާތީ އަށް މީހަކު ވަނީ ދޫކޮށްލައިފިއެވެ. އޭގެ ތެރޭގައި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި ގައުމީ ފުޓްބޯޅަ ޓީމްގެ މިޑްފީލްޑަރު ޝަމްވީލް ގާސިމް (ބޮންޑާ) ވެސް ހިމެނެއެވެ.

އެކަމަކު، ބޮންޑާ އާއި މަސްތުވާތަކެއްޗާ އެއްވެސް ގުޅުމެއް ނެތް ކަމަށްވެއެވެ. އަދި އޭނާ އެހީތެރިވެފައި ވަނީ އަބްދުﷲ އިބްރާހިމްގެ ލޯންޗެއް ކަނޑުމަތީގައި ހުއްޓިފައި އޮތުމުން، އެ ލޯންޗު ކަފު ޖަހައިގެން ގެނެސްދިނުމަށެވެ.

އަބްދުﷲ އިބްރާހިމް އިސްވެ ހުރެ، ދިވެހިންގެ އިތުރު ބަޔަކާއި ބޭރު ބަޔަކު ގުޅިގެން ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރަންއުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަންގައި ބަރުދަނުގައި 98.6 ކިލޯގެ މަސްތުވާތަކެތި ފެނިފައިއެވެ. އެއީ އެތައް މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަމަށް ފުލުހުން ވިދާޅުވެއެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ