ކޮވިޑް19 އަށް ޕޮޒިޓިވް 35 މީހަކު މިއަދު ދެނެގަނެވިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މިއަދު ޕޮޒިޓިވްވީ 27 ދިވެހީންނާއި އަށް ބިދޭސީންނެވެ. ހުރިހާ ކޭސްތަައްވެސް ފެނިފައިވަނީ މާލެއިންނެވެ.
މިއަދު 35 މީހަކު ޕޮޒިޓިވްވި އިރު، 1،282 ސާމްޕަލް ވަނީ ޓެސްޓުކޮށްފައެވެ. އިއްޔެ ކޮވިޑަށް ޕޮޒިޓިވްވީ 51 މީހެކެވެ.
އެއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ވަނީ 10,8948 އަށް އަރައިފައެވެ. އޭގެ ތެރެއިން 9،742 މީހަކު ވަނީ ބަލިން މުޅިން ރަނގަޅުވެފައެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑްގެ އެކްޓިވް ކޭސްގެ ގޮތުގައި 1،110 މީހުންނެވެ. އޭގެ ތެރެއިން 72 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ އިރު، އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 368 މީހުންނެވެ.
ކޮވިޑް ޖެހިގެން މިހާތަނަށް 35 މީހުން ވަނީ މަރުވެފައެވެ.
ކޮވިޑް-19 ގެ އިތުރު ރާޅެއް ނައިސްފި ނަމަ ޕޮޒިޓިވްވާ އަދަދު އެއްވަރެއްގައި ހިފެހެއްޓުމަށް ދޮޅު މަސް ނަގާނެ ކަމަށް ހެލްތް މިނިސްޓްރީ ވަގުތީ ގޮތުން ހިންގުމާއި ހަވާލުވެ ހުންނެވި ހައުސިންގ އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.
ކޮމިއުނިޓީ ސްޕްރެޑެއް އޮތް މާލޭގެ ފުރަބަންދަށް ލުއިތަތެއް ދިނުމުން ކޭސްތައް އިތުރުވާން ފެށުމުން، މާސްކް އެޅުން މަޖުބޫރުކޮށް ރޭގަނޑު އަށެއްގެ ފަހުން ވެހިކަލް ދުއްވުން މަނާކުރި އެވެ. ނަމަވެސް މި ފަހުން ކޭސްތައް މަދުވާން ފެށުމުން އަނައްކާ ވެސް ރޭގަނޑު 10 އާ ހަމައަށް ވެހިކަލް ދުއްވައި ބޭރުގައި އުޅެވޭ ގޮތަށް ވަނީ ބަދަލު ގެނައިސްފަ އެވެ.