މައިންބަފައިން ދިވެހިންނަށް ވުމަކުން އަދި ތިމާ ދިވެއްސަކަށް ނުވާކަން އެނގިއްޖެ – ކުރީގެ ސީޕީ ހުސައިން

ދިވެހި މަންމަ އަކާއި ބައްޕަ އަކަށް ލިބޭ ދަރިއަކަށްވުމުންނާއި ސުންނީ މުސްލިމް ޖަމާއަތުގެ މީހަކަށް ވުމަކުން އަދި ދިވެއްސެއްގެ ޝަރުތު ހަމަނުވާކަން އެނގިއްޖެ ކަމަށް ވިދާޅުވެ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔާޑް) ހުސައިން ވަހީދު އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ ވާހަކަަތަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އިންޑިއާ އިން ބޭނުންނަމަ ދިވެހިން މަރާފައި ވެސް ރާއްޖެ ހިފާނެ ކަމަށް މިނިސްޓަރ ފައްޔާޒް ވިދާޅުވުމުން ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔާޑް) ހުސައިން ވަހީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަވީގައިވެސް ޖެހިނުލާ، ދާކޮޅެއްވެސް އޮހޮރުވާނުލާ “އެވެރިންނަށް ޤައުމު ވެދުން ކުރަންޖެހޭ ސަބަބެއްނެތް” ކަމަށެވެ.

ހުސައިން ވަނީދު ވަނީ ދިވެހިން ފިނދަނައަށް ނުހެއްދެވުމަށް އެދިވަޑައިގެންފައެވެ. އޭނާ ވިދާޅުވީ ދިވެހި ބިމަކީ ވަރަށްވަރުގަދަ ބަޔަކު އުފަން ކުރުވި ބިމެއް ކަމަށެވެ. މުހައްމަދު ތަކުރުފާނު، އަލި ރަސްގެފާނު އަދި ޝަހީދު ހުސެއިން އާދަމް އަކީވެސް ހަމަ މިފަހުރުވެރި ބިމުން އުފަންވި ބަތޮލުންކަން ފާހަގަ ކުރައްވާ ހުސައިން ވަހީދު ވިދާޅުވީ ފުރިހަމަ ދިވެހީން، ދިވެހިރާއްޖެ ގަބޫލު ކުރާ އުސޫލުތަކާއި ހަމަތަކާއި އަސާސްތަށް ދަމަހައްޓާނެ، ދިވެހި ފަސްގަނޑުދެކެ، އަމިއްލަ މައިމީހާދެކެ ވާ ލޯބިވާނެ ކަމަށެވެ.”

“އެމަންމަގެ ހައްގުގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެ. ދިވެހި ކާބަފައިން މި ފަސްގަނޑުގެ ހައްގުގައި ކުރި ޖިހާދު ވެއްޔާ މޮޑެއެއް ނުލާނެ! ދިވެހި ސަގާފަތާއި އާދަކާދަ ދިރުވާ އާލާކޮށް، ކާބަފައިންނެކޭ އެއްގޮތަށް އަބަދުވެސް އަންނަން އޮތް ޖީލުތަކަށް ޤައުމު މިނިވަންކަމާއި ފުރިހަމަ ޝަރަފާއި އިއްޒަތާއި އެކު ފޯރުކޮށްދިނުމުގެ އަޒުމްއާއި ހިތްވަރު ގެންގުޅޭނެ. ފުރިހަމަ ދިވެއްސެއް މި ޤައުމަށް ގޯނާ ކުރަން ފުރުސަތެއް ނުދޭނެ، އެ މަންޒަރުތަށް ބަލާ، އެކަމަށް ހިތްވަރެއްވެސް ނުދޭނެ.” ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔާޑް) ހުސައިން ވަހީދު ލިޔުއްވާފައި ވެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔާޑް) ހުސައިން ވަހީދު ވިދާޅުވީ ގައުމުގެ ދިފާއަށް، ޤައުމުގެ ހައްގުގައި އަމަލެއް ނުކުރެވޭ ހާލު ބަހެއްނުބުނެ، ތިމަން މީ ދިވެއްސެކޭ ނުބުނުން މާ ރަނގަޅު ވާނެ ކަމަށެވެ.

“ދުލުގައި ގޮއްނުޖެހޭތީ، ދުލަށް އައިހާ ކޮންމެ އެއްޗެކޭވެސް ކިޔަންވީތޯ؟ ‎ބަޔަކު ކޮންމެ ނިޔަތެއްގައި އައި ނަމަވެސް، ޔަގީންވެ ކަށަވަރުވާ ކަމަކީ މިގައުމާ ތޮޅެން ދިވެހިން ފުރުސަތު ހަމަ ހިލާ ނުދޭނެކަން. އިރާދަ ކުރެއްވިއްޔާ އެފަދަ ކޮންމެ ކަމެއްވާނީ ބިލާހަކަށް.” ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔާޑް) ހުސައިން ވަހީދު ވިދާޅުވިއެވެ.

ޤައުމުގެ ދިފާއުގައި މަސައްކަތް ކުރަންތިބި މީހުން ޤައުމުގެ މިނިވަންކަމާއި އަމިއްލަ ވަންތަކަން ދިފާއު ކުރުމުގެ ކަންކަމުގައި “އިހުމާލުވުން” އެއީ “ޤައުމަށް ގައްދާރުވުން” ނޫން ދެން ކޮން ކަމެއްތޯ އޭނާ ސުވާލު ކުރެއްވެވިއެވެ.

ޤައުމުގެ މިނިވަންކަމާއި ދީނުގެ ހައްގުގައި ނިކުންނަން ޖެހިއްޖެ ނަމަ އަދި އެމަސައްކަތް ކުރަން ތިބި މީހުން އިސްނުނަގައިފި ނަމަ އެ މީހުންނާއި ނުލާވެސް ޤައުމު ހިމާޔަތް ކުރަން ބަޔަކު ނުކުންނާނެ ކަން ތާރީހުން ބުނެދޭކަން ވެސް ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔާޑް) ހުސައިން ވަހީދު ހަނދާން ކޮށްދެއްވެވިއެވެ.

އޭނާ ވިދާޅުވީ އެ ދުވަހަކުން ކޮނޑުމަތީގައި ތިޔަ ހުރި ކުލަކުލައިގެ ތަރިތައްވިރުވާފައި ކުލަކުލައިގެ ތަނޑިއަށް ހަދާ އަތުގައި އަޅަންވާނެ ކަމަށާއި ‎އެއްވެސް ބޭރުގެ އަސްކަރިއްޔާއެއް، ޔުނީފޯމް އެޅި ޖަމާއަތެއް އަދި ބޭރު ޖާސޫސުން މި ރާއްޖޭގައި ދާއިމަށް ތިބުމަކަށް ދިވެހިން ނުރުހޭނެ ކަމަށެވެ. އެކަމަކަށް ޤާނޫނުތަކެއްވެސް ފުރުސަތެއް ނު‎ދޭކަމަށާއި “ވިހަ ނުލާނެ ކަމަށްވިހަ ހަރުފަ އަތުކުރީގައި ގެންގުޅުމަކީ އަމިއްލައަށް މަރުވުންފަދަ ކަމެއް” ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔާޑް) ހުސައިން ވަހީދު ވިދާޅުވިއެވެ.

އިކޮނަމިކް މިނިސްޓަރ ފައްޔާޒްގެ ވާހަކަފުޅާއި ގުޅިގެން ވަރަށް ގިނަ އާއްމުން ވެސް އަންނަނީ މިނިސްޓަރަށް މީސް މީޑިއާގައި ފާޑުކިޔަމުންނެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ