ޔުނާންގެ ދެމަފިރިން ޝަރީއަތް ނިމެންދެން ބަންދަށް

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ފިލްމީތަރި މުހައްމަދު ޔުނާންއާއި އޭނާގެ އަންހެނުން ފާތިމަތު ރިހުލާ، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފި އެވެ.

ޔުނާންގެ ދެމަފިރިން ހައްޔަރުކޮށްފައި ވަނީ މި މަހުގެ 4 ވަނަ ދުވަހުގެ ރޭގަ އެވެ. އަދި އެންމެ ފުރަތަމަ އެ ދެމަފިރިންގެ ބަންދަށް ވަނީ ހަތް ދުވަސް ޖަހައިފަ އެވެ.

އެ ހަތް ދުވަސް ހަމަވުމުން މިދިޔަ ހޯމަ ދުވަހު އެ ދަމަފިރިން ކޯޓަށް ހާޒިރުކޮށް ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރު ކޮށްފަ އެވެ.

އެ ދެމަފިރިން ހައްޔަރުކޮށްފައި ވަނީ، އެމީހުން ދިރިއުޅޭ އެޕާޓްމަންޓް ކައިރީގައި، ބަޔަކު މުޒަހަރާކޮށްފައިވަނިކޮށެވެ.

އެކަމާ ގުޅިގެން ޔުނާންގެ ދެމަފިރިން ރައްކާތެރިކަމަށް އެދުނުކަމަށް ބުނެ ފުލުހުން ވަނީ އެ ދެމީހުންނަށް ހިމާޔަތް ވެސް ދީފަ އެވެ. އަދި ހައްޔަރު ކޮށްފައި ވަނީ އޭގެ ފަހުންނެވެ.

ފުލުުހުން ކުރިން ބުނެފައި ވަނީ ހުޅުމާލޭގައި އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކާ އެކު އިތުރު ދެ މީހަކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް އެ މުއައްސަސާއަށް ހުށަހަޅާފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ޔުނާން އާއި އޭނާގެ އަންހެނުން ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭނީ އެ ދެމީހުންނާ އާއިލީ ގޮތުން ގުޅުން އޮންނަ ކުއްޖަކަށެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ