މިއަދު 51 މީހަކު ޕޮޒިޓިވް ވެއްޖެ

މިއަދު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް އިތުރު 51 މީހަކު ދެނެގަނެވިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ބުނެފިއެވެ.

އެއީ 33 ދިވެހީންނާއި 18 ބިދޭސީންނެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން މިއަދު ޕޮޒިޓިވްވީ 51 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 46 މީހުންނާއި އެހެން ހިސާބުތަކުން ފަސް މީހުންނެވެ. އެއާއެކު މިހާރު ޕޮޒިޓިވްވީ މީހުންގެ ޖުމްލަ 11،113 ށް ވަނީ އަރާފަ އެވެ.

މިއަދު 51 މީހަކު ޕޮޒިޓިވްވެފައި ވަނީ ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ނެގި 1534 ސާމްޕަލްގެ ތެރެއިންނެވެ.

ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ތެރެއިން 54 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާދެމުންނެވެ. އަދި އައިސޮލޭޝަން ފެސިލިޓީގައި 400 މީހަކު ތިބި ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 9،931 މީހަކު ރަނގަޅުވެފައި ވާއިރު އެކްޓިވް ކޭސްގެ އަދަދަކީ 1،140 އެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު 35 މީހަކު ވަނީ ބަލީގައި މަރުވެފައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ