އިސްލާމިކް ޔުނިވާސިޓީގެ އައު އިމާރާތް އެޅުމަށް ހުޅުމާލެ އިން ބިމެއް ހަމަޖައްސައިފިއެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އައިޔޫއެމް ހިންގުމަށް އެކަށީގެންވާ އައު އިމާރާތެއް އެޅުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒެއްކަމަށެވެ.
https://twitter.com/Mohamedshaheem1/status/1810494182525669512
އެހެންކަމުން، އެކަމަށްޓަކައި 35,000 އަކަފޫޓުގެ ބިމެއް ހުޅުމާލެއިން ހަމަޖައްސާފައިވާކަމަށެވެ.
މީގެއިތުރުން އައިޔޫއެމްއަށް ރާއްޖެއިން ބޭރުގެ ދަރިވަރުން ގެނައުމަކީ އެޔުނިވާސިޓީގެ އަމާޒެއް ކަމަށްވެސް ވަޒީރު ޝަހީމް ވަނީ ވިދާޅުވެފައެވެ.
މިމަޝްރޫޢާއި ބެހޭ އިތުރު ތަފްސީލެއް އަދި ރަސްމީކޮށް އެޔުނިވަރސިޓީ އިން ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް