ފާއިތުވި ދެ މަހުގެ ކަރަންޓް ބިލު އެއްވަރުވެފައި އެވަނީ ޑިސްކައުންޓް ދިނުމުން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ނެރުނު ބަޔާނެއްގައި ބުނީ އޭޕްރީލް މަހުގެ ކަރަންޓް ބިލަށް ޑިސްކައުންޓް ދިނީ އޭޕްރީލް މަހަކީ ހޫނުގަދަ މަހަކަށް ވެފައި ކަރަންޓު ބިލ ބޮޑުވާނެތީ ރައްޔިތުންނަށް "އިތުރު ލުޔެއް" ދިނުމަށް ކަމަށެވެ.
ސްޓެލްކޯއިން ބުނިގޮތުގައި ޑިސްކައުންޓް ދީފައިވަނީ ފާއިތުވި ތިން މަސް ނުހިމެނޭ ގޮތަށް ފާއިތުވި ނުވަ މަސްދުވަހު ކަރަންޓް ބޭނުންކޮށްފައިވާ އެވްރެޖަށް ބަލައި އެއަށްވުރެ ބޮޑު ނުވާނެ ގޮތަށް ބަލައިގެން ކަމަށެވެ.
އެ މަސްތަކުގެ ރީޑިން އެވްރެޖް އަދަދަށް ވުރެ ބޭނުންކުރި ކަރަންޓުގެ މިންވަރު ކުޑަވި ނަމަވެސް ބިލަށް 10 ޕަސެންޓުގެ ޑިސްކައުންޓެއް ދީފައިވާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ކޮމެންޓް