Telegram

ފްރާންސް ފެޑެރޭޝަންގެ ކުރީގެ ނައިބުރައީސް ފިލިޕޭ ޑިއާލޯ އެފްއޭ ގެ ރައީސަކަށް އިންތިޚާބުކޮށްފިއެވެ. ކުރީގެ އިންތިޚާބުތަކާ ތަފާތުކޮށް ގިނަކްލަބުތައް ބައިވެރިކޮށްގެން ގެންދިޔަ އިންތިޚާބުގެ 55 އިންސައްތައަށް ވުރެ މަތީން ފިލިޕޭވަނީ ވޯޓު ހޯއްދަވާފައެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވީ ކުރީގެ ރައީސްގެ ގާތް އެކުވެރި ޕިއެރޭ ސެމްސޮނޮފާއެވެ. މިފަހަރު މިއިންތިޚާބުގައި 1500 ފަރާތުން ވަނީ ވޯޓު ލާފައެވެ. ކުރީގެ އިންތިޚާބުތަކުގައި ވޯޓުލުމުފެ ޙާއްގު ދެވެނީ 250 ފަރާތަކަށެވެ. އިންތިޚާބަށްފަހު ވާހަކަދައްކަވަމުން ފިލިޕޭ ވިދާޅުވީ ފްރާންސްގައި ފުޓްބޯޅާއިގެ ޑިމޮކްރަސީ ވަރަށް ރަނގަޅަށް ދައްކުވައިދީފިކަމުގައެވެ. އަދި ލަސްނުކޮށް ޖެނުއަރީ މަހުގެ ތެރޭގައި ފުޓުބޯޅަ އާހަރުފަތަކަށް ގެންދިއުމަށް ބޭނުންވާނޭ މަޝްވަރާތައް މުޅި ގައުމު ހިމެނޭހެން ބާއްވާ ފުޓުބޯޅާއިގެ މާލީ ތަނަވަސްކަން އިތުރުކުރުމަށް ބޭނުންވާނޭ ޕްލޭންތައްވެސް ހައްދަވަން ފައްޓަވާނެކަމުގައެވެ. އަދި ޓީމުތަކަށް ދެވޭ ބަޖެޓް އިތުރުކޮށް އަންހެން ފުޓުބޯޅަ ތަރައްޤީކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ. ކުރީގެ ރައީސަށް ޖިންސީގޯނާގެ ތުހުމަތުކުރެވުމާއެކު މަސްއޫލިއްޔަތާއި ދުރުގައި ހުންނެވުމަށްފަހު މިއަހަރުގެ ކުރީކޮޅު ވަނީ އިސްތިއުފާ ދެއްވާފައެވެ. ނަމަވެސް ކުރެވުނު ތުހުމަތުތަކައެކު ކުރެވުނުދައުވާތަކުގައި ސީރިއަސްކަމެއް ނެތުމުން މިދިޔަ ނޮވެމްބަރުމަހުވަނީ އެދައުވާތައް ބާތިލްކޮށްފައެވެ. ކުރީގެ ރައީސަށް ކުރެވުނު ތުހުމަތާއެކު މަގާމުގެ މަސްއޫލިއްޔަތުން ދުރުގައި ހުންނެވިއިރު އެފެޑެރޭޝަން ހިންގެވީވެސް ޕިލިޕޭ އެވެ.

ކޮމެންޓް

ކޮމެންޓު