Close panel
ފުރަތަމަ ސަފުހާ
ހަބަރު
ރިޕޯޓް
ވިޔަފާރި
ދީން
ލައިފްސްޓައިލް
ހަބަރު
ރިޕޯޓް
ދުނިޔެ
ވިޔަފާރި
ދީން
ލައިފްސްޓައިލް
ފޮޓޯ ގެލަރީ
ވަތަން އޮންލައިން
ގޮންޖެހުންތަކަށް އަހަރެން ތައްޔާރު – ރަޝްފޯޑް
މުޙައްމަދު އިބްރާޙިމް (ފީރޯޒް)
1 year ކުރިން
Telegram
އިޝްތިހާރު
އިޝްތިހާރު
އިޝްތިހާރު
މެންޗެސްޓާ ޔުނައިޓެޑުގެ މުސްތަގުބަލާ ބެހޭ ގޮތުން ސުވާލު ކުރުމުން މެންޗެސްޓާ ޔުނައިޓެޑުގެ ފޯވާޑް މާކަސް ރެޝްފޯޑް "އާ ޗެލެންޖަކަށް ތައްޔާރު" ކަމަށް ބުނެފި އެވެ. އުމުރުން 27 އަހަރުގެ ރެޝްފޯޑް ސްކޮޑުން ބާކީކޮށްފައި ވަނީ އާދީއްތަ ދުވަހު ކުޅުނު މެޗުގައި ޔުނައިޓެޑުން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗު 2-1 އިން މޮޅުވި މެޗަށްފަހުއެވެ. އާ ހެޑް ކޯޗު ރޫބެން އަމޮރިމް އޭނާގެ ނިންމުމުގެ ފަހަތުގައި ޑިސިޕްލިނަރީ މައްސަލައެއް ނެތްކަން ކަށަވަރުކޮށްދިން ނަމަވެސް، ކޯޗުކަމުގައި ކުޅުނު ފުރަތަމަ ހަފްތާތަކުގައި އިންގްލެންޑް ކުޅުންތެރިޔާ ދަނޑުގެ ތެރޭގައާއި ދަނޑުން ބޭރުގައި އިތުރަށް ފެންނާނެ ކަމަށް އުންމީދުކުރި ކަމަށް ވެސް އޭނާ ބުންޏެވެ. ފުޓްބޯޅަ ލިޔުންތެރިޔާ ހެންރީ ވިންޓާއަށް ދިން އިންޓަވިއުއެއްގައި ރެޝްފޯޑް ބުނީ "ހާލަތެއް މިހާރުވެސް ގޯސްކަން އެނގޭނަމަ އަހަރެން އެކަން އިތުރަށް ގޯސް ނުކުރާނަން. މާޒީގައި އެހެން ކުޅުންތެރިން ދިޔަ ގޮތް ފެނިފައި އަހަރެން އެކުޅުންތެރިންނަށް ވާކަށް ބޭނުމެއްނޫން" ކަމަށެވެ "އަހަރެން ފުރައިގެން ދާއިރު އެއްވެސް ހިތްބަރުކަމެއް ނޯންނާނެ، އަދި ޔުނައިޓެޑަށް ކުޑައިމީސްވާ އެއްވެސް ބަހެއްވެސް ނުބުނާނަން." "އަހަންނަށް އަމިއްލައަށް ހީވަނީ އާ ޗެލެންޖަކާއި ދެން އަޅަންޖެހޭ ފިޔަވަޅުތަކަށް ތައްޔާރަށް ހުރިހެން." ޔުނައިޓެޑްގެ ޒުވާނުންގެ ތެރެއިން ރެޝްފޯޑް ވަނީ 2016 ވަނަ އަހަރުން ފެށިގެން އެ ކްލަބަށް ކުޅުނު 426 މެޗުން 138 ގޯލް ކާމިޔާބުކޮށްދީފައެވެ. 2022-23 ވަނަ އަހަރުގެ ސީޒަންގައި އޭނާގެ އެންމެ ކާމިޔަބު ސީޒަނެވެ. އެސީޒަނުގައި ހުރިހާ ުބާޜާޓެއް އެއްކޮށް 30 ލަނޑު ޔުނައިޓެޑަށް އޭނާ ކާމިޔާބު ކޮށްދިނެވެ. ނަމަވެސް ފާއިތުވި 18 މަސް ދުވަސް ދިޔައީ އަނިޔާއާއި އެހެނިހެން ސަބަބުތަކަށް ޓަކައި އޭނާގެ ކުޅުން ވަރަށް ދަށްކޮށް ފެނިގެން ދިޔަ ދުވަސްތަކަކަށެވެ. އާދީއްތަ ދުވަހު އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗު ގެ ސްކޮޑުން ރެޝްފޯޑް އާއި އަލެޖެންޑްރޯ ގާނާޗޯ ބާކީ ކުރަން ނިންމުމާ ބެހޭ ގޮތުން ސުވާލު ކުރުމުން ކޯޗު ބުނީ އެއީ ޑިސިޕްލިނަރީ މައްސަލައެއް ނޫންކަމަށް ބުނުން އެއީ އެންމެ ރަނގަޅުގޮތްކަމަށެވެ. ދާދިފަހުން ޔުނައިޓެޑްގެ ކޯޗު ގެރީނެވިލް ވަނީ ރަޝްފޯޑުގެ ޕްރޮފެޝަނަލިޒަމްއާއި ބެހޭގޮތުން ސުވާލު އުފައްދާފައެވެ. ރަޝްފޯޑު އޭނާގެ ހާލަތާ ބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކަމުން "ގޯސްކޮށް ވިސްނޭ" ކަމަށާއި މެޗަކުން ބާކީވުމަކީ މާޔޫސްވާ ކަމެއް ކަމަށާއި، އެކަމަކު އެކަން ވެއްޖެކަމަށް، ނަމަވެސް މެޝުން އަހަރެމެން މޮޅުވީ ވީމާ މިގޮތުގައި ކުރިއަށްދާންވީ" ކަމަށެވެ.
ފުޓުބޯޅަ
ކޮމެންޓް
ކޮމެންޓު
ފޮނުވާ
ގުޅުންހުރި ލިޔުންތައް
1 year ކުރިން
"އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2025-2027" ފަށައިފި
1 year ކުރިން
ޢާއިލާތައް ފުދުންތެރިވީ ވަރަކަށް ޤައުމުގެ ކުރިއެރުން ހަލުވިވެގެންދާނެ: ރައީސް
1 year ކުރިން
މަސްތުވާތަކެތީގެ މައްސަލައަށް ޙައްލެއް ގެނެވޭނެ: މިނިސްޓަރ އިހުސާން
1 year ކުރިން
ދުނިޔެ ދެކެމުންދާ ކުރިއެރުމާއި ކާމިޔާބީގެ ފަހަތުގައި ތިބި ހަގީގީ ބަޠަލުންނަކީ މަންމައިން: ރައީސް
1 year ކުރިން
ބީއެމްއެލްގެ ސްކޮލާޝިޕަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
1 year ކުރިން
2007 އިން ފެށިގެން އުފަންވެފައިވާ ކުދިންނަށް ދުންފަތް މަނާކުރަން ފާސްކޮށްފި
1 year ކުރިން
ކުޑަކުދިންނަށް ޚާއްސަ ޑެބިޓް ކާޑެއް ތަޢާރަފުކޮށްފި
1 year ކުރިން
ދެ މަހުގެ ބިލް އެއްވަރުވީ ޑިސްކައުންޓު ދިނުމުން: ސްޓެލްކޯ
ކޮމެންޓް