Telegram

ޖަރުމަނުގެ ބޮންޑަސްލިގާގައި ބަޔާންމިއުނިކް ފުރަތަމަ ފަހަރަށް ބެލްިއަމްގެ ކޯޗު ވިންސެންޓް ކޮމްޕެނީ ހަވާލުވިފަހުން ބަލިވެއްޖެއެވެ. ރޭ މެއިންޒްއާއި ދެކޮޅަށް ރަށުން މޭރުގައި ކުޅުނު މެޗުގައި ބަޔާން ބަލިވީ 2 ލަންޑު 1 ލަނޑުންނެވެ. މެއިންޒްއިން ޖެހި 2 ލަނޑު ވެސް ޖަހައިދިނީ އެޓީމުގެ ދެކުނު ކޮރެއާގެ މިޑްފީލްޑަރު ލީ ޖޭ ސުންގ އެވެ. މެޗުގެ 87 ވަނަ މިނިޓުގައި ބަޔާންގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ސާނޭއެވެ. މެޗަށްފަހު ކޯޗުބުނީ ފުޓްބޯޅައިގައި އޮންނާނީ މޮޅާއި ދެރަ ކަމަށެވެ. ބަޔާންއިން މިބަލި މާނަކުރާނީ މީ ސީޒަނުގައި ކުރިއަށް ހުރި މެޗުތަކަށް ލިބުނު ހިތްވަރެއް ކަމުގައެވެ. މިހާރު ބޮންޑަސް ލިގާގެ ޕޮއިންޓް ޓޭބަލްގެ އެނމެ ކުރީގައި ބަޔާންއިން އުޅެނީ 33 ޕޮއިންޓާއެކު އެވެ. އެއީ ކުޅުނު 14 މެޗުން 10 މެޗު މޮޅުވެ 3 މެޗް އެއްވަރުވުމުންނެވެ. މިމެޗާއެކު މިސީޒަނުގައި ބަޔާން އިންވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގައި އެސްޓަންވިލާއަތުން، އަދި ހަމައެލީގުގައި ބާސެލޯނާއަތުން ވެސް ބަލިވެފައެވެ. އަދި ޖަރުމަނުކަޕުން ލެވަކޫސްނއަތުން ބަލިވުމުން އެމުބާރާތުން ބަޔާން ވަނީ ކަޓާފައެވެ.

ކޮމެންޓް

ކޮމެންޓު