Telegram

އިނގިރޭސި ޕްރިމިއަރ ލީގުގައި އާސެނަލް އަދި ލިވަރޕޫލް ކުޅުނު މެޗުތައް އެއްވަރުވެގެން ނިމިއްޖެއެވެ. އާސެނަލް ބައްދަލުކުރީ އެވަޓަންއާއިއެވެ. އެމެޗު ނިމިގެން ދިޔައީ ދެޓިމުންކުރެ އެއްވެސް ޓީމަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ. އާސެނަލް އެމީހުންގެ އަމިއްލަ ދަނޑުގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ގިނަ ފުރުސަތު ތަކެއް ލިބި ވަނީ ގެއްލިފައެވެ. ލިވަރޕޫލް ބައްދަލުކުރީ ފުލަމްއާއިއެވެ. މިމެޗް ނިމިގެން ދިޔައީ 2 ލަނޑު 2ލަނޑުން އެއްވަރުވެގެނެވެ. މިމެޗްގައި ބޮޑުބައެއް ލިވަރޕޫލުން ކުޅުނީ އެއްކުޅުންތެރިއަކު މަދުންނެވެ. އެއީ އެޓީމުގެ ރިޓްސަން އަށް ދެއްކި ރަތްކާޑަކާއި ގުޅިގެންނެވެ. އަދި މީގެ އިތުރުން ލިވަރޕޫލުގެ ކޯޗްވަނީ ތިންކާޑު ހަމަވުމުގެ ސަބަބުން އެއް މެޗަށް ސަސްޕެންޑް ކުރެވިފައެވެ.

ކޮމެންޓް

ކޮމެންޓު