Telegram

މިތަށި ރެއާލްއިން އުފުލާލީ މެކްސިކޯގެ ޕަޗޫކާ އަތުން މޮޅުވެގެންނެވެ. ގަތަރުގައި ކުޅުނު ފައިނަލް މެޗުގައި ރެއާލްގެ އެންމެ ބޮޑޫ ހިތްހަމަޖެހުމަކީ އެޓީމުގެ ހުނަރުވެރި ފޯވާޑް އެމްބާޕޭ އާއި ފީފާގެ މިއަހަރުގެ އެންމެ މޮޅު ކުޅުންތެރިއަޔާ ވިނީޝިއުސް ޖޫނިއާ ފިޓްވުމެވެ. މިމެޗުގެ ފުރަތަމަ ހާފްގައި ރެއާލް އިން ލީޑް ނެގީ އެމްބާޕޭ ގެ ލަނޑަކުންނެވެ. އަދި މިގޮތުގައި އޮވެ ނިމުނު ފުރަތަމަ ހާފަށްފަހު ދެވަނަ ހާފަށް ކުޅެން ނިކުމެ ހާފް ގެ ވަރަށް ކުރީކޮޅު ރޮޑްރިގޯގެ ލަނޑަކުން ރެއާލްގެ ލީޑު ފުޅާކޮށްދިނެވެ. އައަށްފަހު ފަހު ދިހަމިނެޓް ތެރޭގައި ރެއާލްއަށް ލިބުނު ޕެނަލްޓީ އަކުން ވިނީޝިއަސް ވަނީ 3 ވަނަ ގޯލު ރެއާލްއަށް ކާމިޔާބު ކޮށްދީ ފައެވެ. ފީފާ އިން މިހާރު ނިންމާފައިވަނީ ކޮންމެ އަހަރަކު ފަސްބައްރުގެ ޗެމްޕއަނުން ކޮންމެ އަހަރަކު ކުޅޭ މުބާރާތެއްގެ ގޮތުގައެވެ. .

ކޮމެންޓް

ކޮމެންޓު