Telegram

ފުޓުބޯޅަ ބްރެޒިލްގައި ކުރިއަށް ދަނީ ރަނގަޅަށް ނޫންކަމަށް ބުނެ ކުރީގެ ކާމިޔާބު ފޯވާޑް ރޮނާލްޑޯ ނަޒާރިއޯ ބްރެޒިލް އެފްއޭގެ ރައިސްކަމަށް ނިކުންނަން ހަމަޖެހިއްޖެއެވެ. ރޮނާލްޑޯ ނިކުންނާނީ 2026ގައި އޮން އިންތިޚާޞުގައެވެ. ފުޓްބޯޅަ ކުރިއަށްނުދާކަމަށްބުނެ ބްރެޒިލް އޮތީ ފުޓްބޯޅާއިގައި އޮންނަން ޖެހޭ ހިސާބުގައި ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ. ބްރެޒިލް ގައިވެސް އެފްއޭގައި ވަނީ ތަފާތު ގިނަގުނަ މައްސަލަތައް ޖެހިފައެވެ. ކުޅިވަރު ރިޕޯޓަރުން މައްސަލަ ޖެހިފައިވާކަމަށް ފާހަގަ މިކުރަނީ ދުނިޔޭގެ 5 ފަހަރު ހޯދާފައިވާ ޤައުމެއްގައި ކަންތައްތައް ހިނގަންވާގޮތަށް ނުހިނގާތީކަމުގައި އެފަރާތްތަކުން ދެކެއެވެ. ބުރެޒީލުން އެންމެފަހުން ތަށިހޯދީ 2002 ވަނައަހަރުއެވެ. 2016 ގެ ވޯލްޑްލކަޕާއި ހަމައަށް އަންނައިރު ތަށްޓެއް ނުލލިބި 24 އަހަރު ފާއިތުވަނެއެވެ. ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ ބްރެޒިލުން އެންމެ ފަހުން ތަށި ހޯދީ 2002 ވަނަ އަހަރު އެވެ. ދެން، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް އަންނައިރު، ބްރެޒިލަށް ތަށި ނުލިބި 24 އަހަރު ފުރިހަމަވާނެ އެވެ. ބްރެޒީލްގެ އެފްއޭ ރައީސަކަށް ވުމަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ކުރުމަށް މިހާރު މަސައްކަތް ފަށާފައިވާ ކަމަށް ރޮނާލްޑޯ ވިދާޅުވިއެވެ.

ކޮމެންޓް

ކޮމެންޓު