Telegram

1966 ވަނަ އަހަރު ވޯލްޑްކަޕް ކާމިޔާބުކުރި އިނގިރޭސި ޓީމުގެ ކުޅުންތެރިއެއްކަމަށްވާ ޖޯޖް އީސްޓަމް ފައިނަލްގައި ނުކުޅެވުނު ނަމަވެސް އެޓީމުގެ ސްކޮޑްގައި ހިމެނުނެވެ. އަދި އޭގެ ފަހުގެ ވޯލްޑްކަޕްގައި ހިމެނި ޖުމްލަ 19 އިންޓަރނޭޝަނަލް މެޗް އިނގިރޭސިޓީމާއެކު ކުޅުނެވެ. އީސްޓަމް ގެ ކުޅިވަރު ޙަޔާތުގައި ނިއުކާސަލް ޔުނައިޓެޑް، އާސެނަލް އަދި ސްޓޯކްސިޓީއަށް ވަނީ ކުޅެފައެވެ. 1966ގެ ވޯލްޑްކަޕްގެ ފަހު ސްޓޯކް ސިޓީއާ ގުޅި 1972 ގައި ޗެލްސީއާ އެކު ކުޅެ ސްޓޯކްސިޓީއަށް ލީގްކަޕް ހޯދައިދިނުމުގއި މުހިއްމު ދައުރެއް އަދާކުރިއެވެ. ކުޅުންތެރިންގެ މިނިވަންކަމާގުޅޭ މައްސަލައެއްގައި 1963 ގައި ކޯޓަށް ހުށަހެޅި މައްސަލަ އެއްގައިވެސް އީސްޓަމް މުހިއްމު ދައުރެއް އަދާކުރިއެވެ. އީސްޓްހަމްގެ ކެރިއަރުގެ ބޮޑު ބައެއް ހޭދަކުރި ސްޓޯކް ސިޓީން ވަނީ އޭނާގެ މަރާއި ގުޅިގެން އޭނާއަށް ޝުކުރު އަދާކޮށް، ދެން ކުޅޭ މެޗުގައި އޭނާ އަށް ޝަރަފުވެރިކަން ދިނުމަށް ރާވާފައިވާކަން ކަށަވަރުކޮށްދީފަ އެވެ. ފުޓްބޯޅަ އެސޯސިއޭޝަނުންވެސް ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.

ކޮމެންޓް

ކޮމެންޓު