Telegram

ސްޕެއިންގެ ބާސެލޯނާއަށް ކުޅޭ ޒުވާން ކުޅުންތެރިޔާ ލަމިން ޔަމާލް މިސީޒަން ނިމިއްޖެއެވެ. މިކަން ޔަޤީންވީ އެންމެ ފަހުން ކުޅުނު މެޗްގައި އޭނާގެ ލިގަމެންޓަށް އަނިޔާވެފައިވާތީއެވެ. އުމުރުން 17 އަހަރުގެ ކުޅުންތެރިޔާއަށް މީގެ ކުރިންވެސ ކުޑަހުޅުގެ އަނިޔާއަކާ ގުޅިގެންވެސް ބައެއް މެޗް ގެއްލިފައިވެއެވެ. ސްޕެއިންގެ ބައެއްމީީޑިއާތަކާ ހަވާލާދީ ރިޕޯޓްތައްް ލިބޭގޮތުގައި އެންމެ އަވަހަށްވެސް އެނބުރި ކުޅުމަށް އައުމަށް 1 މަސްދުވަސް ވަރު ނަގާނެ ކަމުގައެވެ. މިއީ މިިދަނޑިވަޅު ބާސެލޯނާއަށް ކުރިމަތިވާޏެ ވަރަށް ބޮޑު ގޮންޖެހުމެކެވެ. އެއީ ބާސެލޯނާގައި މިސީީޒަނުގައި ޔަމާލްވަނީ 21 މެޗް ކުޅެ 6 ލަނޑުޖަހައި 12 އެސިސްޓް ހަދާފައެވެ.

ކޮމެންޓް

ކޮމެންޓު