Telegram

މިމުބާރާތުގެ ސެމީފައިނަލްއިން ނިއުކާސްލް ޔުނައިޓެޑް ޖާގަހޯދީ ކްއާޓާ ފައިނަލްގައި ބްރެންޓްފަޑްއާ ބައްދަލުކުރި މެޗު 3 ލަނޑު 1 ލަނޑުން މޮޅުވެގެންނެވެ. ނިއުކާސްލްއިން ކާމިޔާބުކުރި 3ް ލަނޑުގެ ތެރެއިން 2ެ ލަނޑު ކާމިޔާބު ކޮށްދިނީ މެޗުގެ 9 ވަނަ މިނެޓާއި 43 ވަނަ މިނެޓުގައި ސަންދްރޯ ޓޮނާލީއެވެ. އަދި އެޓީމުގެ ފަހު ލަނޑު ކާމިޔާބު ކޮށްދިނީ 69 ވަނަ މިނެޓުގައި ފަބިއަން ޝާއެވެ. މިމެޗުގައި ބްރެންޓްފަޑްއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޔޮއާން ވީސާއެވެ. ސެމިފައިނަލުން ލިވަޕޫލް ޖާގަހޯދީ ކުއާޓާ ފައިނަލްގައި ސައުތެމްޕްޓަންއާ ބައްދަލުކޮށް 2 ލަނޑު 1 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ. މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލްއިންނެވެ. މިމެޗުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑު ލިވަޕޫލްއިން ނަގާފައިވަނީ މެޗުގެ 24 ވަނަ މިނެޓުގައި ޑާވިން ނޫނޭޒް އެވެ. 2 ވަނަ ލަނޑު ހާވީ އެލިއޮޓް ކާމިޔާބު ކޮށް ލިވަޕޫލްގެ ލީޑް ފުޅާކޮށްދިނެވެ. ވަގުތީ ގޮތުން ސައިމަން ރަސްކްއާ ހަވާލުކޮށްފައިވާ ސައުތެމްޕްޓަންއިން ދެވަނަ ހާފުގައި އެޓީމުގެ ކުޅުން ފުރަތަމަ ހާފަށް ވުރެ ރަނގަޅުކުރިކަން ފާހަގަވިއެވެ. މިގޮތުން މެޗުގެ 59 ވަނަ މިނެޓުގައި އެޓީމުން ވަނީ ކެމެރޮން އާޗާ ކާމިޔާބު ކޮށްދިނެވެ. އަދި މިހާފުގައި އެޓީމުގެ ކޮޅަށް އިތުރު ލަނޑެއް ވަނަނުދީ ހިފަހައްޓާލާފައެވެ. އެހެން ނަމަވެސް ސައުތެމްޕްޓަންއަށް މިމެޗުގައި އިތުރު ލަނޑެއް ޖެހޭގޮތެއް ނުވިއެވެ. ނަތީޖާއަކަށްވީ މިމުބާރާތުގެ ސެމީފައިނަލްގެ ޖާގައެއް ލިވަޕޫލަށް ލިބިގެންދިއުމެވެ. މިމުބާރާތުގެ ސެމިފައިނަލްގެ ފަހު ޖާގަ ކަށަވަރު ވާނީ ޓޮޓްނަމް ހޮޓްސްޕާ އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރާ ކުއާޓާ ފައިނަލް މެޗަށް ފަހުއެވެ.

ކޮމެންޓް

ކޮމެންޓު