އާސެނަލް އާއި ކްރިސްޓަލް ޕެލަސް އިންގްލިޝް ޕްރިމިއާ ލީގުގައި ބައްދަލުކުރި މެޗް އާސެނަލް އިން ކާމިޔާބުކޮށްފިއެވެ. މިމެޗް އާސެނަލް އިން ކާމިޔާބު ކޮށްފައިވަނީ 5 ލަނޑު 1 ލަނޑުންނެވެ. މިމެޗްގައި ފުރަތަމަ ލަނޑު ޖެހީ އާސެނަލް އިންނެވެ. މެޗްގެ ހަވަނަ މިނިޓްގައި މިލަންޑު ޖެހީ ގެބްރިއެލް ޖެސޫސްއެވެ. މިމެޗްގައި ޕެލަސް އިން ޖެހި ހަމަ އެކަނި ލަނޑު 11 ވަނަ މިނިޓުގައި ޖެހީ އިސްމާއިލާ ސާއެވެ. ނަމަވެސް 15 ވަނަ މނިޓުގައި ޖެސޫސް އަނެއްކާވެސް އާސެނަލްއަށް ލީޑު ފުޅާކޮށްދިނެވެ. 38ވަނަ މިނިޓުގައި ޖެސޫސް ހެޓްރިކް ހަދަން ލިބުނު ފުރުސަތު ގެއްލުނު ބޯޅަ ކައިހަވާޓްޒް ގޯލަށް ފޮނުވާލައިގެން އާސެނަލްގެ ތިންވަނަ ލަނޑު ކާމިޔާބުކުރިއެވެ. މިމެޗްގައި އާސެނަލއިންޖެހި 4 ވަނަ ލަނޑު މެޗްގެ 60 ވަނަ މިނިޓްގައި ކާޟިޔާބުކޮށްދިނީ ގެބްރިއެލް މާޓިނެއްލީ އެވެ. އަދި 5 ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ 84 ވަނަ މިނިޓުގައި ޑެކްލަން ރައިސްއެވެ.
ކޮމެންޓް