އެފްސީ ބާސެލޯނާ އަދި އެތްލެޓިކޯ މެޑްރިޑް ސްޕެނިޝް ލަލީގާގައި ކުޅުނު މެޗުން ބާސެލޯނާ ބަލިވެ އެތްލެޓިކޯ ތާވަލުގެ އެންމެ 1 ވަނަ އަށް އަރައިފިއެވެ. އެތްލެޓިކޯއިން މިމެޗް ކާމިޔާބުކުރީ ބާސެލޯނާގެ ދަނޑުގައި ފަހަތު އަރާ 2 ލަނޑު 1 ލަނޑުން މޮޅުވެގެންނެވެ.
ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ ބާސާއިން އުފައްދާ އަދި ފުރަތަމަ ހާފްގައި މޮޅު ކުޅުމެއް ުޅެފައިވަނީވެސް ބާސާއިންނެވެ. މިގޮތުން މީގެ ނަތީޖާއަކަށް މެޗްގެ 30 ވަނަ މިނިޓްގައި ބާސާގެ ޕެޑްރީ ފުރަތަމަ ގޯލު ބާސާއަށް ކާމިޔާބު ކޮށްދިނެވެ.
މެޗްގެ ދެވަނަ ހާފްގައިވެސް ބޯލްޕެސެޝަން ރަނގަޅި ބާސާއިންނެވެ. ނަމަވެސް މެޗްގެ އެއްވަރު ކުރި ލަނޑު އެތްލެޓިކޯއަށް ޖަހަދިނީ ރޮޑްރިގޯ ޑިޕޯލްއެވެ.
މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޕެޑްރީއެވެ. މިހާފުގައި މިގޭ އިތުރުން ވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށް ވެސް ލިބިގެންދިޔައެވެ. މެޗް އެއްވަރުވެގެން ނިމެމުން ދަނިކޮށް އިތުރުވަގުތުގެ 6 ވަނަ މިނިޓްގައި އެތްލެޓިކޯ މޮޅުކޮށްދިން ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިޔާ އެލެގްޒެންޑާ ސޯލޮތްއެވެ.
މިމޮޅާއެކު އެތްލެޓިކޯއަށް 41 ޕޮއިންޓާއެކު އެއްވަނަ ލިބޭއިރު 38 ޕޮއިންޓާއެކު ބާސާ އޮތީ ދެވަނައިގައެވެ. އަދި މިއާއެކު މިއަހަރު ނިމި އަދި އާއަހަރު ފެށޭއިރު ތާވަލްގެ އެއްވަނައިގައި އުޅޭނީ އެޓްލެޓިކޯކަން މިހާރުވަނީ ކަށަވަރު ވެފައެވެ.
ކޮމެންޓް