މުޙައްމަދު އިބްރާޙިމް (ފީރޯޒް)
ބަރާހާ އަކީ 2000 ން ފެށިގެން 2010 އަށް ވެލެންސިއާއަށް ކުލެފައިވާ ކުޅުންތެރިއެކެވެ. ވެލެންސިއާގެ ކޯޗުކަމާ ބަރާހާ ހަވާލުވީ 2023 ވަނަ އހަރުއެވެ. އެސީޒަނުގައި ލީގުގެ 9 ވަނަ ވެލެންސިއާއަށް ހޯދައިދިނެވެ. ނަމަވެސް މިސީޒަނުގައި ވެލެންސިއާވަނީ ވަރަށްފަހަތުގައެވެ. 17 މެޗް ކުޅެ 12 ޕޮއިންޓާއެކު ތާވަލުގެ 19 ވަނަ އިގައެވެ.
ކޯޗު ވަކިކުރުމަށްފަހު ވެލެންސިއާއި ބަޔާނެއް ނެރެ ބުނެފައުވަނޫ ވަރަށް އުނދަގޫ ހާލަތެއްގައި ޓިމުވަނިކޮށް އެޓީމާހަވާލުވެ ޔޫރަޕްގެ ފުޓްބޯޅައިގައި ވާދަކުރެވޭ ވަރަށް ކައިރިއަށް ޓީމު ގެންގޮސްދިންކަމަށެވެ. އަދި ބަރާޙާ އަކީ އެކުލަބުގެ ލެޖެންޑެއްކަމަށްވެ. ބަރާހާ ވަކިކުރުމަކީ ކްލަބަަށް ނިންމަން ޖެހުނު ވަރަށް އުނދަގޫ ނިންމުމެއް ކަމަށާއި ނަމަވެސް އެއީ ޓީމަށް މިވަގުތަސް އެންމެ ފައިދާޙުރި ގޮތްކަމުގައެވެ.
ކޮމެންޓް