Telegram

މިއަންނަ ސީޒަނުގައި ޔުއެފާ ޗެމްޕިއަންސް ލީގަށް ސިޓީ ކޮލިފައިނުވެދާނެކަމުގައި ޓީމުގެ ކޯޗު ބުނެފިއެވެ. ސިޓީއަކީ ފާއިތުވެދިޔަ ތިންސީޒަނުގެވެސް ޗެމްޕިއަން ޓީމެވެ. ނަމަވެސް މިސީޒަނުގައި ސިޓީން ނެރެމުންދަނީ ވަރަށް ދަށް ނަތީޖާތަކެކެވެ. މިހާޜު ތާވަލު އޮތްގޮތުން ސިޓީއަށް ވުރެ މާބޮޑަށްވެސް ފަހަތުގައި އުޅޭ ބޯންމައުތް، އެސްޓަންވިލާ އަދި ނޮޓިންގހަމް ފޮރެސްޓް ވެސް ވަނީ ސިޓީއަށް ވުރެ ތާވަލުގެ މަތީގައެވެ.

ޗެމްޕިއަންސް ލީގަށް ކޮލިފައިވާނީ ޕްރިމިއަރ ލީގުން ގަދަ 4 ޓީމެވެ. ގާޑިއޯލާ ބުނީ ޗެމްޕިއަންސް ލީގަށް ކޮލިފައި ނުވެއްޖެނަމަ އެކަން ވާނީ ސިޓީ އަށް ކުރިމަތިވާ ބޮޑު ގެއްލުމަކަށް ކަމަށެވެ.

މެދުނުކެނޑި ކޮންމެ އަހަރަކު ބައެއް ޓީމުތަކުން ޗެމްޕިއަންސް ލީގުގެ ޖާގަ ހޯދުމުން އެއީ މާ ބޮޑު ކާމިޔާބެއް ނޫން ކަމަށް ބައެއް މީހުން ދެކޭ ކަމަށް ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ ސިޓީ އަށް ވެސް އެ ހާލަތު ދިމާވާނެ ކަމަށެވެ.

"މިދިޔަ 12 އަދި 11 އަހަރުގައި ޕްރިމިއާ ލީގުން ގަވާއިދުން ޗެމްޕިއަންސް ލީގުގެ ޖާގަ ހޯދީ ސިޓީން. އެކަން އަހަރެމެންނަށް ހާސިލު ނުވެއްޖެނަމަ، އެކަން އެ ނުވީ އެކަން އަހަރެމެންނަށް ހައްގު ނުވާތީ. އަހަރެމެންނަށް އެންމެ ރަނގަޅަށް މަސައްކަތް ނުކުރެވުނީ. އަހަރެމެންގެ މައްސަލަތައް ގިނަ ވެގެން. އެ މައްސަލަތައް ހައްލު ނުކުރެވިގެން،" ޕްރިމިއާ ލީގުގައި މިއަދު އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗާ ގުޅޭ ގޮތުން ބޭއްވި ޕްރެސް ކޮންފަރެސްގައި ވާހަކަ ދައްމުން ގާޑިއޯލާ ބުންޏެވެ.

ކޮމެންޓް

ކޮމެންޓު