Telegram

އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކުން ޒިދާނަށް ލިބުނު އެއްވެސް އޮފާ އަކަށް ޒިދާންގެ ޝައުގުވެރިކަމެއް ނެތް ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޒިދާނަށް ވަނީ ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުކަމާ ހަވާލުވުމުގެ ހުށަހެޅުން ލިބިފަ އެވެ. އެ ގޮތުން، ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޗެލްސީގެ ވެރިޔާ، ޓޮޑް ބޯލީ އާއި މެންޗެސްޓާ ޔުނައިޓެޑްގެ ފުޓްބޯޅައިގެ ކަންކަން ހިންގަމުން އަންނަ އިނިއޯސް ކުންފުނީގެ އިސް ފަރާތް، ޖިމް ރެޓްކްލިފް ވަނީ ޒިދާނާ އެކު ބައްދަލުވުންތަކެއް ބާއްވައިފަ އެވެ.

އެކަމަކު، ޗެލްސީ އާއި ޔުނައިޓެޑުން އައި އެ ހުށަހެޅުންތަކަށް ޒިދާން ވަނީ ފުރަގަސްދީފަ އެވެ.

ކޯޗިން ކެރިއަރުގައި ޒިދާން ވަނީ ދެ ފަހަރެއްގެ މަތިން ރެއާލަށް ކޯޗުކޮށްދީފަ އެވެ. އެއީ، 2016-2018 އާއި 2019 އިން 2021 އަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޒިދާން، ކޯޗިން އަށް އެނބުރި އަންނަން ވިސްނަނީ ދެ ޓީމެއްގެ ހުށަހެޅުމެއް ލިބިއްޖެނަމަ އެވެ. އެއީ، ރެއާލް މެޑްރިޑް ނޫނީ ފްރާންސް ގައުމީ ފުޓްބޯޅަ ޓީމެވެ.

ކޮމެންޓް

ކޮމެންޓު