Telegram

އެއް ޒަމާނެއްގައި ހުރިހާ މޮޅެއް ހޯދަމުންދިޔަ ޕެޕް ގާޑިއޯލާގެ ސިޓީ އާދަޔާ ހިލާފު ފައްތަރެއްގައި ކަމަށްވާއިރު، ވޭތުވެދިޔަ 13 މެޗުން ހުރިހާ މުބާރާތެއްގައި މިހާރު ލިބިފައިވަނީ އެންމެ މޮޅެވެ.

މި ނަތީޖާއާ ގުޅިގެން ޗެމްޕިއަން ޓީމަށް ތާވަލުގެ ހަ ވަނައިގައި އޮތްއިރު، ހަތަރު ވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓަށް ތިން ޕޮއިންޓުގެ ފަރަގެއް އޮތްއިރު، އެއްވަނައިގައި އޮތް ލިވަޕޫލަށް 11 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

މެޗްގެ ސާދަވަނަ މިނިޓްގައި ބަރނާޑޯ ސިލްވަރ ގެ ލަނޑުން ސިޓީވަނީ މިމެޗްގެ ފެށުން ރަނގަޅުކޮށްފައެވެ. އެކަމަކު ފުރަތަމަ ހާފްގެ 36 ވަނަ މިނިޓްގައި އެވަރޓަން އިންވަނީ ސްކޯ އެއްވަރުކޮށްފައެވެ. އެވަރޓަންގެ ލަނޑު ޖަހައިދިނީ އިލިމަންޑީއޭ އެވެ.

ދެވަނަ ހާފު ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށް ސިޓީއަށް އަލުން ލީޑު ހޯދުމުގެ ފުރުސަތު ލިބުނީ ޕެނަލްޓީއަކުންނެވެ. ނަމަވެސް އިތުބރު ކުޅުންތެރިޔާ ހާލންޑް ޖެހި ޕެނަލްޓީ އެވަރޓަންގެ ކީޕަރުވަނީ ދިފާޢު ކޮށްފައެވެ.

ސިޓީން މޮޅުވުމަށް ބޭނުންވިނަމަވެސް އެވަޓަންގެ ބެކްލައިން ފޫއަޅުވާ ނުލެވުމުން މެޗް ނިމިގެންދިޔައީ އެއްވަރުވެގެންނެވ

ކޮމެންޓް

ކޮމެންޓު