ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ ރޭހުގައި ބުކަޔޯ ސާކާއާ ނުލައި ކުޅުމުގެ ގޮންޖެހުން އާސެނަލް އަށް އަރާނެ ކަމުގެ ޔަގީންކަން ޖުރިއަން ޓިމްބަރ އަށް އެބައޮތެވެ.
އަނިޔާގައި ހުރި ސާކާއާ ނުލައި ދިގު މުއްދަތަކަށް ކުޅެން ފެށީ ހުކުރު ދުވަހު އެމިރޭޓްސް އަތުން އިޕްސްވިޗް އަތުން 1-0 އިން މޮޅުވެގެންނެވެ. މިމެޗްގެ ނަތީޖާއިން އެއްމެޗް އިތުރަށް ކުޅެ ލިވަރޕޫލާވަނީ 6 ޕޮއިންޓަށް ގާތްވެފައެވެ..
ސަކާގެ ހެމްސްޓްރިންގް ސާޖަރީއެއް ހަދާފައިވާއިރު، މަދުވެގެން ދެ މަސް ދުވަހުގެ މުއްދަތަށް ކުޅުމާ ދުރުގައި ހުންނަން ޖެހުމުން މިމަޤާމް ފުރުމަށް ޓިމްބަރއަށް ދިނުމަށް ކޯޗް ފޯކަސް ކުރި އެވެ.
“މި ސީޒަނުގައި މިއީ އަހަރެމެންނަށް ކުރިމަތިވި ފުރަތަމަ ބޮޑު ގޮންޖެހުމެއް ނޫން،” ޓިމްބަރ ބުންޏެވެ. “ޓީމެއްގެ ގޮތުގައި އަހަރެމެން ހަމަ ހުރިހާ ކަމެއް ކުރާނީ އަހަރެމެންގެ މެޗުތައް ކާމިޔާބު ކުރަން. ހަމަގައިމުވެސް ސާކާ ނެތުމަކީ ތަންކޮޅެއް ތަފާތު ކަމެކެވެ. އެކަމަކު މިކަން އަހަރެމެންނަށް ކުރެވޭނެ.
“އަހަރެމެންނަށް ސާކާއަކީ ކިހާ މުހިންމު މީހެއްކަން، މިދިޔަ ދެތިން އަހަރު އާސެނަލްއަށް އޭނާ ކުރި ކަންތައްތައް އެންމެންނަށްވެސް އެނގޭ. ހަމަގައިމުވެސް އަހަރެމެން މިތިބީ އޭނާ އެނބުރި އަންނާނެ ދުވަހަކަށް އިންތިޒާރުކޮށްގެން އެކަމަކު އެއީ ޓީމަށް، އެހެން މީހުންނަށް ސްޓެޕް އަޕް ކުރުމަށް ލިބުނު ސަޅި ޗެލެންޖެއް.”
“ކުޅުންތެރިންގެ ފަރާތުން އަޑުއިވުނު އެއްޗަކީ ޕްރިމިއާ ލީގުގައި ހުރިހާ ކަމެއް ވެސް ވެދާނެ ކަމަށް،” ޓިމްބަރ ބުންޏެވެ. “އަހަރެމެން ހަމައެކަނި ޖެހޭނީ އަމިއްލައަށް ފޯކަސް ކުރަން، އަހަރެމެންގެ މެޗުތައް ކާމިޔާބު ކުރަން އަދި އެތަން ފެންނާނެ.”
ކޮމެންޓް