Telegram

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރު ދައުލަތަށް ދައްކަންޖެހޭ އެއް މިލިއަން ރުފިޔާގެ ޖޫރިމަނާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.

 

މި ފައިސާއަކީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން އަދީބުގެ މައްޗަށް ކުރެވުނު ދައުވާތަކުން ސާބިތުވި ޖޫރިމަނާގެ ބައެކެވެ.

 

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ކުރެވުނު ހަތް ދައުވާއެއް ސާބިތުވުމާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ 20 އަހަރުގެ ޖަލު ހުކުމަކާއެކު ދެ މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ކުރިން އިއްވާފައެވެ. މި ޖޫރިމަނާގެ ތެރެއިން އެއް މިލިއަން ރުފިޔާ އަދިވެސް ނުދައްކާ އޮތުމާ ގުޅިގެން، އެ ފައިސާ ހޯދުމަށް ދައުލަތުން ސިވިލް ކޯޓުގައި ދައުވާ އުފުލިއެވެ.

 

ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، އަދީބުގެ ފަރާތުން މި ފައިސާ އެއްފަހަރާ ދެއްކުމަށް އުނދަގޫވާނެ ކަމަށް ބުނެފައިވީ ނަމަވެސް، އެއް މަސް ދުވަހަށްވުރެ ދިގު މުއްދަތެއް ދިނުމަށް ދައުލަތުން އިންކާރުކޮށްފައިވެއެވެ. އެހެންކަމުން، ކޯޓުން ވަނީ އެއް މިލިއަން ރުފިޔާ އެއް މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް އަދީބަށް އަމުރުކޮށްފައެވެ.

 

އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވީ ނަމަވެސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އޭނާގެ ވެރިކަމުގެ ފަހު ދުވަސްވަރު އަދީބުގެ ޖަލު ހުކުމުގެ މުއްދަތު ކުރުކޮށް، އޭނާ މިނިވަންކޮށްދީފައެވެ.                    

ކޮމެންޓް

ކޮމެންޓު