އިނގިރޭސި ޕްރިމިއަރ ލީގުގައި އާސެނަލް އަދި ބްރެންޓްފޯޑް ބައްދަލުކުރި މެޗުގައި އާސެނަލް ވަނީ 3-1 އިން ކާމިޔާބު ހޯދައި، ލީގު ތާވަލުގެ ދެވަނަ އަށް ޖެހިލާފައެވެ.
ބްރެންޓްފޯޑްގެ ދަނޑުގައި ކުޅުނު މި މުބާރާތުގައި އާސެނަލްއިން ކާމިޔާބު ހޯދީ ފަހަތުން އަރާ ތިން ލަނޑު ޖެހުމަށްފަހުގައެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި އަދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މުބާރާތުގައި ގިނަ ހަމަލާތައް އުފައްދާފައިވަނީ އާސެނަލްއިންނެވެ. އާސެނަލްއިން ވަރަށް ވަރުގަދަ ކުޅުމެއް ދެއްކި ނަމަވެސް، މުބާރާތުގެ ލީޑު އެންމެ ފުރަތަމަ ނަގާފައިވަނީ ބްރެންޓްފޯޑްއިންނެވެ.
މުބާރާތުގެ 13 ވަނަ މިނެޓުގައި އުފެއްދި ހަމަލާއަކުން ބްރެންޓްފޯޑްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ބްރަޔަން އެމްބެއުމޯއެވެ. މީގެ ފަހުން ބްރެންޓްފޯޑްއިން ވަނީ އިތުރު ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ. މުބާރާތުގެ 28 ވަނަ މިނެޓުގައި ބްރެންޓްފޯޑްއިން އުފެއްދި ހަމަލާއެއްގައި އާސެނަލްގެ ގޯލްކީޕަރު ޑޭވިޑް ރާޔާއަށް ހެދުނު ކުށަކުން ލަނޑެއް އާސެނަލްގެ ގޯލަށް ވަންނަން ކައިރިވި ނަމަވެސް، ރާޔާ ދެވަނަ ފަހަރަށް މަސައްކަތްކޮށް ގޯލު ރޮނގުމަތިން ބޯޅަ ސަލާމަތްކުރުމުން މުބާރާތުގެ އޮއްވަރު ބަދަލުވެގެން ދިޔައެވެ.
މި މުބާރާތުގައި އާސެނަލްއިން ލީޑު ނަގާފައިވަނީ މުބާރާތުގެ 50 ވަނަ މިނެޓުގައި މިކޭލް މެރީނޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭގެ ތިން މިނެޓު ފަހުން އާސެނަލްގެ ލީޑު ފުޅާކޮށްދިނީ ގެބްރިއެލް މާޓިނެއްލީއެވެ.
މި މެޗުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް، ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށްވެސް ލިބިގެން ދިޔައެވެ.
.
ކޮމެންޓް