Telegram

ސައުތު އޭޝިއަން ފެޑެރޭޝަން އޮފް އެކައުންޓަންޓްސް (ސާފާ) އިން އެ ޖަމްޢިއްޔާގެ އައު ރައީސަކަށް އަޝްފާޤް ޔޫސުފް ތޯލާ އައްޔަން ކޮށްފިއެވެ. އަދި 2025 ވަނަ އަހަރުގެ ނައިބު ރައީސަކަށް މުޙައްމަދު ހުމާޔޫން ކަބީރު އައްޔަން ކޮށްފިއެވެ.

 

އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓަންޓްސް އޮފް ޕާކިސްތާން (އައިސީއޭޕީ) ގެ ކުރީގެ ރައީސެއް ކަމުގައިވާ ތޯލާއަކީ 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތެކެވެ. އޭނާގެ ތަޖުރިބާގެ ތެރޭގައި ޓެކްސް ޕްލޭނިންގ، އެޝުއަރަންސް އަދި ބައިނަލްއަޤްވާމީ މަރޖަރސް އެންޑް އެކުއިޒިޝަންސް ހިމެނެއެވެ. މީގެ އިތުރުން އޭނާއަކީ ޕާކިސްތާނުގެ މިނިސްޓްރީ އޮފް ޕްލޭނިންގ، ޑިވެލޮޕްމަންޓް އެންޑް ސްޕެޝަލް އިނީޝިއޭޓިވްސްގެ ޕޮލިސީ ބޯޑުގެ މެންބަރެކެވެ. އަދި އައިސީއޭޕީގައި އެކި ލީޑަރޝިޕް މަޤާމުތައް ފުރާފައިވެއެވެ.

 

2025 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ސާފާގެ ނައިބު ރައީސްކަމަށް އައްޔަން ކުރެވުނު މުޙައްމަދު ހުމާޔޫން ކަބީރަކީ 42 އަހަރަށް ވުރެ ގިނަ ދުވަހުގެ ޕްރޮފެޝަނަލް ތަޖުރިބާ ލިބިފައިވާ ފަރާތެކެވެ. އޭނާއަކީ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓަންޓްސް އޮފް ބަންގްލަދޭޝް (އައިސީއޭބީ) ގެ ފެލޯ މެންބަރެކެވެ. އަދި ފިސްކަލް ލޯސް، ފައިނޭންޝަލް މެނޭޖްމަންޓް އަދި ކޯޕަރޭޓް ގަވަރނަންސްގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތެކެވެ. ކަބީރު ވަނީ އައިސީއޭބީގެ ނައިބު ރައީސްކަމާއި ރައީސްކަން ކުރައްވާފައެވެ. އަދި ސާފާގެ އެކައުންޓިންގ އެންޑް އޯޑިޓިންގ ސްޓޭންޑަޑްސް ކޮމިޓީގައި މަސައްކަތް ކުރައްވާފައިވެއެވެ. މީގެ އިތުރުން އޭނާ ވަނީ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އެކައުންޓަންޓްސް (އައިއެފްއޭސީ) ގެ ޖެނެރަލް އެސެމްބްލީ ބައްދަލުވުންތަކުގައި އައިސީއޭބީ ތަމްސީލު ކުރައްވާފައެވެ.

 

އައިއެފްއޭސީގެ ނެޓްވޯކް ޕާޓްނަރެއް ކަމުގައިވާ ސާފާއަކީ އިންޑިއާ، ޕާކިސްތާން، ބަންގްލަދޭޝް، ސްރީލަންކާ، ނޭޕާލް، ދިވެހިރާއްޖެ އަދި އަފްޣާނިސްތާނުގެ 11 އެކައުންޓަންސީ ބޮޑީ ތަމްސީލު ކުރާ ޖަމްޢިއްޔާއެކެވެ.
                    

ކޮމެންޓް

ކޮމެންޓު