Telegram

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓް އިން އިސްރާއީލަށް 8 ބިލިއަން ޑޮލަރު (6.4 ބިލިއަން ޕައުންޑް) ހަތިޔާރު ވިއްކުމަށް ރާވާފައިވާކަން ކޮންގްރެސްއަށް އަންގާފައިވާ ކަމަށް އެމެރިކާގެ އޮފިޝަލަކު ބީބީސީއަށް ކަށަވަރުކޮށްދީފި އެވެ.

ހައުސް އަދި ސެނެޓްގެ ކޮމިޓީތަކުގެ ރުހުން ބޭނުންވާ ހަތިޔާރު ކޮންސައިންމަންޓްގައި މިސައިލާއި އެހެނިހެން ހަތިޔާރުތައް  ހިމެނެ އެވެ.

މި ފިޔަވަޅު އަޅާފައިވަނީ ރައީސް ޖޯ ބައިޑަން ވެރިކަމުން ވަކިވެވަޑައިގަތުމަށް ދެހަފްތާއަށް ވުރެ ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ. އޮގަސްޓް މަހު އެމެރިކާއިން ވަނީ 20 ބިލިއަން ޑޮލަރުގެ ފަޔަރ ޖެޓްތަކާއި އެހެނިހެން އަސްކަރީ ސާމާނު އިސްރާއީލަށް ވިއްކުމަށް ފާސްކޮށްފައެވެ.

އެންމެ ފަހުން ރާވާފައިވާ ޝިޕްމަންޓުގައި އެއާ ޓު އެއާ މިސައިލް، ހެލްފަޔަރ މިސައިލް، އާޓިލަރީ ޝެލް އަދި ބޮން ހިމެނޭ ކަމަށް އެމެރިކާގެ އޮފިޝަލް ވިދާޅުވި އެވެ.

މި ވިއްކުމަށް އަހުލުވެރި މަސްދަރަކުން ހޮނިހިރު ދުވަހު ބީބީސީއަށް ބުނީ "ބައިނަލްއަގްވާމީ ގާނޫނާއި ބައިނަލްއަގްވާމީ އިންސާނީ ގާނޫނާ އެއްގޮތަށް ރައްޔިތުން ދިފާއުކުރުމުގެ ހައްގު އިސްރާއީލަށް ލިބިގެންވާ ކަމަށާއި އީރާނާއި އެގައުމުގެ ޕްރޮކްސީ ޖަމިއްޔާތަކުގެ އަނިޔާވެރިކަން ހުއްޓުވުމުގެ ހައްގު އިސްރާއީލަށް ލިބިގެންވާ" ކަމަށެވެ.

"އިސްރާއީލުގެ ދިފާއުގައި ބޭނުންވާ ގާބިލްކަން ފޯރުކޮށްދެމުން ގެންދާނަން."

ބައިޑަން ވަނީ އެމެރިކާއިން އިސްރާއީލަށް ތާއީދުކުރާ ކަމަށް ވަރަށް ގިނަ ފަހަރު ވިދާޅުވެފައެވެ.

އެމެރިކާއަކީ ދުނިޔޭގެ އެންމެ ޓެކްނޮލޮޖީގެ ގޮތުން އެންމެ ޒަމާނީ އެއް އަސްކަރިއްޔާ ބިނާކުރުމުގައި އެހީތެރިވެދީފައިވާ އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދޭ އެންމެ ބޮޑު ގައުމެވެ.

ސްޓޮކްހޯމް އިންޓަނޭޝަނަލް ޕީސް ރިސާޗް އިންސްޓިޓިއުޓް (އެސްއައިޕީއާރުއައި) އިން ބުނާ ގޮތުގައި 2019 އާއި 2023 އާ ދެމެދު އިސްރާއީލުން އިމްޕޯޓްކުރި ބޮޑެތި ކޮންވެންޝަނަލް ހަތިޔާރުގެ %69 ހިއްސާކުރަނީ އެމެރިކާއިންނެވެ.

2024 ވަނަ އަހަރުގެ މެއި މަހު އެމެރިކާއިން ވަނީ ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފާހުގައި އިސްރާއީލުން ހިންގި  އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަންބޮޑުވުންތަކާ ގުޅިގެން 2،000 ޕައުންޑާއި 500 ޕައުންޑްގެ ބޮމުގެ އެއް ކޮންސައިންމަންޓެއް މަޑުޖައްސާލިކަން ކަށަވަރުކޮށްދީފަ އެވެ. އެކަމަކު ބައިޑަންއަށް ވަގުތުން ކުރިމަތިވީ ވޮޝިންޓަންގައި ތިބި ރިޕަބްލިކަން ޕާޓީގެ ފާޑުކިޔުންތަކާއި ނަތަންޔާހޫގެ ފަރާތުންނެވެ. ނަތަންޔާހޫ ސިފަކުރާ ގޮތުގައި އެއީ ހަތިޔާރު މަނާޚުރުމެވެ. މިފާޑު ކިޔުންތަކާއެކު ފަހުން ބައިޑެން ވަނީ ސަސްޕެންޝަން ބައެއް ގޮތްގޮތުން އުވާލައި އެކަން ތަކުރާރުކޮށްފަ އެވެ.

ޕްލޭންކޮށްފައިވާ ޝިޕްމަންޓަކީ ފާއިތުވި ހަފްތާތަކުގައި ބައިޑެންގެ ވެރިކަމުން އެޅި ގިނަ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅު ކަމަށާއި، ވަކިވެވަޑައިގަންނަވާ ރައީސް އޭނާގެ ލެގަސީ ވަރުގަދަ ކުރަން ކުރައްވާ މަސައްކަތެއް ކަމަށެވެ.

އިންތިހާބީ ރައީސް މީގެކުރިން ވަނީ ބޭރުގެ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމާއި، އެމެރިކާގެ ބައިވެރިވުން މަދުކުރުމުގެ ވާހަކަ ދައްކަވާފައި ކަމަށާއި، އޭގެ ތެރޭގައި އަލުން އިންތިޚާބުވުމަށް ކުރިމަތިލެއްވި ދުވަސްވަރު ވެސް ހިމެނޭ ކަމަށެވެ.

ޓްރަމްޕް ވަނީ އިސްރާއީލަކީ އެމެރިކާގެ ސަޕޯޓަރެއްކަމަށްވިދާޅުވެފައެވެ. ނަމަވެސް އެމެރިކާއާއި އެކުވެރި ގައުމުތަކުން ޣައްޒާގައި ހިންގާ އަސްކަރީ އޮޕަރޭޝަން އަވަހަށް ނިންމުމަށް އިލްތިމާސް ކުރައްވާފަ އެވެ.

އިސްރާއީލުން ހަމާސް ނައްތާލުމަށް ކެމްޕޭނެއް ފެށީ 7 އޮކްޓޯބަރު 2023 ގައި އެ ޖަމާއަތުން އިސްރާއީލުގެ ދެކުނަށް ދިން ހަމަލާއެއްގައި ގާތްގަނޑަކަށް 1،200 މީހުން މަރުވެ 251 މީހުން ރަހީނުކުރުމުންނެވެ. އޭގެ ފަހުން ޣައްޒާގައި 45،580 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކޮމެންޓް

ކޮމެންޓު