ރޭ އިންގްލިޝް ޕްރިމިއަރ ލީގުގައި ލިވަރޕޫލް އާއި ޔުނައިޓެޑް ކުޅުނު މެޗް ނިމިގެން ދިޔައީ ދެ ލަނޑުން މެޗް އެއްވަރު ވެގެންނެވެ.
ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި މެޗްގެ ފުރަތަމަ ހާފް ނިމިގެންދިގޮސް ފެށުނު ދެވަނަ ހާފުގެ ހަތްވަނަ މިނިޓްގައި މެޗް ގެ ފުރަތަމަ ލަނޑު ޖެހީ ޔުނައިޓެޑުންނެވެ. އެއީ 52 ވަނަ މިނިޓްގައި މާޓިނޭޒް އެވެ.
ނަމަވެސް ލަނޑަށްފަހު ޔުނައިޓެޑް ހަމަޖެހި ނުލައި އުޅެނިކޮށް 59 ވަނަ މިނިޓުގައި ގަކްޕޯ ލިވަރޕޫލްގެ ފުރަތަމަ ލަނޑު ޖަހައި މެޗް އެއްވަރުކޮށްދިނެވެ. އަދި އޭގެ ފަހުން ވީއޭއާރުގެ އެހީގައި 70 ވަނަ މިނިޓްގައި ލިވަރޕޫލަށް ލިބުނު ޕެނަލްޓީ ސަލާޙު ކާމިޔާބުކޮށް މެޗްގައި ލިވަރޕޫލުން ލީޑުނެގިއެވެ.
ނަމަވެސް ޔުނައިޓެޑުން ގަދަ ހިތްވަރާއެކު ކުޅެ 80 ވަނަ މިނިޓްގައި ޑިއާލޯ ޔުނައިޓެޑް ގެ 2 ވަނަ ލަނޑު ޖަހާ މެޗް އެއްވަރުކޮށްދިނެވެ.
މިނަތީޖާއިން އެއްވަނައިގައި ލިވަޕޫލަށް ހަ ޕޮއިންޓްގެ ލީޑެއް ލިބުނީ އެވެ. ޔުނައިޓެޑް އޮތީ 13 ވަނައިގަ އެވެ.
ކޮމެންޓް