މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓުގެ ފުރަތަމަ ދަތުރު ޗައިނާގެ ޗެންޑޫއަށް ދިއުމަށް ޝެޑިއުލްކޮށްފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
އެގޮތުން މި މަތިންދާ ބޯޓުގެ ފުރަތަމަ ދަތުރު ޝެޑިއުލްކޮށްފައިވަނީ ޗައިނާގެ ޗެންޑޫއަށެވެ. މި ބޯޓުގެ ދަތުރުތައް ޗައިނާގެ ތިން ސިޓީއަކަށް - ޝެންހާއި، ޗެންޑޫ އަދި ބެއިޖިންގއަށް - ކުރިއަށް ގެންދިއުމަށް މޯލްޑިވިއަނުން ވަނީ ނިންމާފައެވެ.
މިނިސްޓަރު އަމީން ވިދާޅުވީ މި މަތިންދާބޯޓު ރާއްޖޭގައި އަލަށް ރަޖިސްޓްރީކޮށް، ކްރޫންގެ ތަމްރީނުތަކާއި އިދާރީ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ފުއްދުމުގެ ގޮތުން ގެނެވުނު 264 ފަސިންޖަރުންގެ ޖާގައިގެ އެއާބަސް އޭ330-200 މަތިންދާބޯޓެކެވެ.
ކޮމެންޓް