އިންގްލިޝް ޕްރިމިއާ ލީގުގެ ވެސްޓް ހޭމް ޔުނައިޓެޑްގެ ކޯޗު ލޮޕެޓެގޫ މަގާމުން ވަކިކޮށްފިއެވެ.
ކޯޗް މަގާމުން ވަކިކުރި އިރު އަދި އެމަގާމާ ލޮޕެޓެގޫ ހަވާލުވިތާ ވީ ހަ މަސްދުވަހެވެ. މަގާމުން ވަކިކުރި ސަްބަބެއްކަމަށް ބެލެވެނީ ވެސްޓްހެމްގެ ނަތީޖާ ރަނގަޅުނުވެ ފެންނަމުންދާ ދަށް ކުޅުމުގެ ސަބަބުންކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ޕްރިމިއަރލީގުގެ ތާވަލަށް ބަލާއިރު ވެސްޓްހެމް އޮތީ 14 ވަނައިގައެެވ. އެއީ 20 މެޗް ކުޅެގެންނެވެ. 20 މެޗްގެ ތެރެއިން 9 މެޗުން ވެސްޓްހެމް ވަނީ ބަލިވެފައެެވެ.
ކޯޗުވަކިކުރުމަސްފަހު ކްލަބުން ނެރުނު ބަޔާނެއްގައި ހާމަކުރިގޮތުގައި އެކްލަބުގެ 2024/2025 ވަނަ އަހަރުގެ ސީޒަންގެ ފުރަތަމަ ބައި ގޮސްފައިވަނީ އެކްލަބުން ބޭނުންވި ގޮތަށް ނޫން ކަމަށާއި އެހެން ކަމުން އެކަން ރަނގަޅު ކުރުމުގެ ގޮތުން ކްލަބުން ވިޔަވަޅު އެޅީކަމަށެވެ.
ވެސްޓްހެމް އިން ދަނީ ބައެއް ކޯޗުންނާ މަޝްވަރާކުރަމުންނެވެ. އޭގެތެރޭގައި ޗެލްސީގެ ކުރީގެ ކޯޗު ގްރަހަމް ޕޮޓާ، ދާދިގަހުން އޭސީމިލާންގެ ކޯޗުކަމުން ވަކިކުރި ޕައޮލޯ ފޮންސޭކާ އާއި ޕެރިސް ސެއިންޓް ޖާމެއިންގެ ކުރީގެ ކޯޗު ކްރިސްޓިފާ ގަލްޓިއާ ވެސް ހިމެނެއެވެ.
ކޮމެންޓް