ޔޫރަޕްގެ ބައެއް ގައުމުތަކުގެ ޚާރިޖީ ވަޒީރުން ވޮޝިންޓަންގެ ދަޢުވަތެެއް ނެތި އަމިއްލަފުޅަށް އެމެރިކާއަށް ވަޑައިގެން ޓްރަމްޕް އާ ބައްދަލުވޭތޯ މަސައްކަތްތަކުރާ ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
މިދަތުރުގެ މައިގަނޑު ބޭނުމެއްކަމަށް ބެލެވެިފައިވަނީ ރައީސް ޓްރަމްޕ އާއެކު ގާތްގުޅުމެއް ބޭއްވުން ކަމަށް ބެލެވެއެވެ. މިހާރު މިވާޙަކަ ދެކެވުނުކަމުގައިވިއަސް މިބައްދަލުވުން ބޭއްވޭނީ ޓްރަމްޕްގެ ހުވާކުރުމުގެ ކަންކަން ނިމި ވައިޓްހައުސްއަށް ވަޑައިގަތުމުން ކަމަށް ވެސް ރިޕޯޓްތަކުގައިވެއެވެ.
ޔޫރަޕްގެ ބައެއް ގައުމުތަކުން މިގޮތަށް ކަންކުރަމުން މިދަނީ ރައީސް ޓްރަމްޕް މަޤާމާ ހަވާލުވުމަށްފަހު ޔޫރަޕަށް ދީފާނެ އަދަބަކުން ސަލާމަތް ވުމަށެވެ. އެއީ ޔޫރަޕާ ބެހޭގޮތުން ޓްރަމްޕް ވިދާޅުވެފައިހުރި ވާހަކަތަކުގެ ތަރުޖަމާއިން ކުރިއަށް އޮތީ ޔޫޜަޕަށް ފަސޭހަ ދުވަސްތަކަކަށް ނުވާނެކަމެވެ.
ކޮމެންޓް