Telegram

ވެނެޒުއޭލާގެ ގާނޫނުހަދާ މަޖިލީހުގައި އިއްޔެ އެގައުމުގެ ރައީސް ނިކޮލަސް މަދޫރޯ 3 ވަނަ ދައުރަކަށް ރައީސްކަމުގެ ހުވާކުރައްވައިފިއެވެ. 

ވަރަށްގިނަ ފާޑުކިއުންތަށް ކުރިމަތިވެފައިވާ މިއިންތިޚާބު މަދޫރޯ ކާމިޔާބު ކުރެއްވިކަން އިއުލާޏުކުރިއެވެ. ނަމަވެސް އިދިކޮޅުން ގަބޫލުކުރަނީ އިންތިޚާބު ކާމިޔާބުކުރީ އެޑްމަންޑޯ ގޮންޒާލޭޒް  ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ބުނާގޮތުގައި އިދިކޮޅަށް 67 އިންސައްތަ ލިބިފައިވެއެވެ. 

އިދިކޮޅުގެ މިނަތީޖާއަކީ ކާޓާ ސެންޓަރާއި  ކޮލަމްބިއާގެ އިލެކްޓޯރަލް މިޝަން ފަދަ މިނިވަން އޮބްޒާވަރުންގެ އިތުރުން ސީއެންއެންގެ ދިރާސާއިން ވެސް ދައްކާގޮތުގައި އިދިކޮޅުން ބުނާ ހިސާބު ދިމާވެއެވެ. އެމެރިކާ ހިމެނޭ ގޮތަށް ބައެއް ގައުމުތަކުން ވަނީ ވެނެޒުއެލާގެ އިންތިޚާބީ ރައީސްއަކީ ގޮންޒާލޭޒް ކަމަށް ގަބޫލު ވެސް ކޮށްފައެވެ.

ހުކުރު ދުވަހުގެ މެންދުރު ފަހު ދެއްވި ތަގުރީރެއްގައި އިދިކޮޅު ލީޑަރު މާރިއާ ކޮރީނާ މަޗާޑޯ ވަނީ މަޑޫރޯގެ ސަރުކާރުން ވެނެޒުއެލާގެ ގާނޫނު އަސާސީއަށް ޚިލާފަށް ފިޔަވަޅު އަޅާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

އެ އިންތިޚާބުގައި އިދިކޮޅަށް ކާމިޔާބު ލިބުނުނަމަ، ވެނުޒުއޭލާގައި އޮތް 25 އަހަރުގެ ސޯޝަލިސްޓް ވެރިކަން ނިމުމަކަށް އަންނާނެ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

 

ކޮމެންޓް

ކޮމެންޓު