Telegram

ޕްރިމިއަ ލީގުގެ ކުލަބު އެވަޓަންގެ ކޯޗުކަމަށް ޑޭވިޑް މޮއިސް ގެނައުމަށްޓަކައި ވާހަކަ ދައްކަން ފަށައިފި އެވެ.

އެވަޓަން އިން މޮއިސްއާއެކު ވާހަކަދައްކަން ފަށާފައިވާ ކަމަށް މީޑިއާއަށް ތިލަވެފައިވަނީ ބީބީސީ އިން ރިޕޯޓްކުރުމާ ގުޅިގެންނެވެ.

މިވަގުތު ރެލިގޭޝަން ޒޯނުގައި އޮތް އެވަޓަންގެ ކޯޗު ކަމަށް ގެނައުން އެންމެ ގާތް ފަރާތަކީ މޮއިސް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އެވަޓަން އިން އާ ކޯޗަކު ހޯދަން މަސައްކަތް ފަށާފައި މިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެ ޓީމުގެ ކޯޗު ޑައިޗް މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.

ނަމަވެސް މިކަމާ ގުޅޭގޮތުން ދާދި ފަހުން ދިން އިންޓަވިއުއެއްގައި މޮއިސް ބުނެފައިވަނީ އޭނާ، ރެލިގޭޝަނުން ސަލާމަތްވާން އުޅޭ ޓީމަކަށް ކޯޗުކޮށްދިނުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

އެވަޓަން މިހާރު އޮތީ ތާވަލުގެ 16 ވަނައިގައި، ރެލިގޭޝަން ޒޯނާ ވަރަށް ކައިރީގަ އެވެ. އެހެންކަމުން މި މަގާމު މޮއިސް ބަލައިގަންނާނެތޯ އަދި ސުވާލު އުފެދެ އެވެ.

ކޮމެންޓް

ކޮމެންޓު