2-5 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް އަތުން މޮޅުވެ 15 ވަނަ ފަހަރަށް ބާސެލޯނާއިން ސްޕެނިޝް ސުޕަކަޕް ކާމިޔާޞުކޮށްފިއެވެ.
ބާސެލޯނާއިންވަނީ މިހާތަނަށް 15 ފަހަރު ސްޕެނިޝް ސުޕަކަޕް ކާމިޔާބު ކޮށްފައެވެ.
ސައުދިއަރަބިއާގެ ރިޔާދުގެ ކިންގ ޢަބްދުﷲ ސްޓޭދިއަމްގައި ކުޅުނު ފައިނަލް މެޗުގައި ފުރަތަމަ ލަނޑުޖޖެހީ މެޗުގެ 5 ވަނަ މިނިޓުގައި ކިލިއަން އެމްބާޕޭއެވެ. މެޗްގެ ދެވަނަ ލަނޑު އަދި ބާސެލޯނާއިން އެއްވަރު ކުރި ލަނޑު ަހައިދިނީ 22 ވަނަ މިނިޓޫގައި ލަމީން ޔަމާލްއެވެ. އަދި 36 ވަނަ މިނިޓުގައި ބާސާއަށް ލީޑޫ ނަގައިދިނީ ލިބުނު ޕެނަލްޓީއަކުން ލެވަންޑޯސްކީއެވެ.
އަދި ބާސާގެ 3 ވަނަ ލަނޑޫ 39 ވަނަ މިނިޓުގައި ަހައިދިނީ ރަފީނިއާއެވެ. ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ރަފީނިއޯ ދިން ބޯޅައަކުން އލަހަންދުރޯ ބާލްޑޭ ވަނީ ބާސާގެ ހަތަރުވަނަ ލަނޑު ޖަހައިދީފައެެވެ.
މެޗުގެ 2 ވަނަ ހާފުގައި ރެާލުން ކުރިއަށްެހި ލަނޑެއް ޖެހޭތޯ މަސައްކަތްކުރަމުން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން ވިނީޝިއަސް ނެގި ހުރަހަކުން ރޮޑްރިގޯ ފޮނުވާލި ބޯޅާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މިބޯޅާއަށް ފަހު އައި ކައުންޓަރ އެޓޭކުގައި ރަފީނިއާ ވަނީ ބާސާގެ 5 ލަނޑޫޖަހާފައެވެ.
މެޗުގެ 56 ވަނަ މިނިޓުގައި ބާސާކީޕަރަށްވަނީ ރަތްކާޑު ދައްކާ ދަނޑޫން ފޮނުވާލާފައެވެ. މިއީ އެމްބާޕޭއަށް ކުރި ފައުލަކާގުޅިގެން ވީއޭއާރު ބެލުމަށްފަހު ނިންމި ނިންމުމެކެވެ. މިފައުލާއެކު ލިބުނު ހިލޭޖެހުމުން ރޮޑްރިގޯވަނީ ރެއާލްގެ ދެވަނަ ލަނޑު ޖަހައިދީފައެވެ.
އޭގެ ފަހުން ރެއާލްއިން ލަނޑެއްެހޭތޯ ކުރިމަސައްކަތް ކާމިޔާބު ނުވެ މެޗް ނިމިގެން ދިޔައީ 5-2 ލަންޑުން ބާސާ މެޗް ކާމިޔާބުކޮށްގެންނެވެ.
ކޮމެންޓް