ލިއޮނަލް މެސީއާއެކު ގިނަދުވަސްތަކެއްގައި ކްލަބުގައި އަދި ޤައުމީ ޓީމުގައި ކުޅުނު ހާވިއާ މެޝަރޯނާގެ ކޯޗުކަމުގައި މަސައްކަތްކުރަން މެސީތައްޔާޜުވެ ޕްރެކްޓިަހށް ނިކުމެއްޖެއެވެ.
ބާސެލޯނާ އަދި އާެންޓީނާގައި ގިނަކާޟިޔާބީތަކެއް މިދެކުޅުންތެރިން އެއްކޮށްވަނީ ހޯދާފައެވެ.
އެމެރިކާގެ އާސީޒަން ފަށާއިރު އިންޓަރމަޔާމީން ގެންނަ ބޮޑުބަދަލަކީ ކޯޗު ކަމުގެ މަގާމަށް މަޝެރާނޯ ހަމަޖެއްސުމެވެ.
މަޝެރާނޯގެ ކުރިން މަޔާމީ އަށް ކޯޗުކޮށް ދިން ޓާޓާ މާޓިނޯ ވަނީ ބާސެލޯނާ އަދި އާޖެންޓީނާގެ ގައުމީ ޓީމުގައި މެސީ އާއި މެޝެރާނޯ އަށް އިރުޝާދު ދީފަ އެވެ.
މަޝެރާނޯގެ ކޯޗުކަމުގެދަށުން މަޔާމީން ޕްރެކްޓިސް ފެށީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ޓީމުގެ ޕްރެކްޓިހާ މެސީ ގުޅުނީ އިއްޔެ އެވެ.
"އަހަރެން ވަރަށް ހިތްހަމަޖެހޭ އެ ކުޅުންތެރިން ޗުއްޓި އަށް ފަހު އެނބުރި އައިރު ތިބި ގޮތާމެދު. އަހަރެމެންނަށް އެނގޭ އެހާ ދުވަހު ޕްރެކްޓިހާ ދުރުގައި ތިބެފަ އެންބުރި އަންނަ އިރު ފަސޭހަ ނުވާނެކަން. އެއާގުޅިގެން ކޮންމެ ކުޅުންތެރިޔަކު ވެސް ކުރާނެ އެ ކުޅުންތެރިޔަކާ ގުޅޭ ހާއްސަ ތަމްރީނުތަކެއް،" މަޝެރާނޯ ބުންޏެވެ.
މިވަގުތު އެމެރިކާގެ ގައުމީ ޓީމުން ތަމްރީނު ހަދަމުން އަންނަނީ މަޔާމީގެ ޓްރޭނިން ސެންޓަރުގަ އެވެ. އިއްޔެ ޕްރެކްޓިހަށް ފަހު މަޝެރާނޯ އާއި މެސީ ވަނީ އެމެރިކާގެ ގައުމީ ޓީމުގެ ހެޑް ކޯޗުގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓިނޯއާ ބައްދަލު ކުރާނެކަމަށް ބެލެވެ އެވެ.
ކޮމެންޓް