ފަލަސްތީނުގެ ޣައްޒާގައި އިޒުރޭލުން ހިންގާ ލާދިނީ ގަތުލު ޢާއްމު ހުއްޓާލުމާށާއި ހަމާސްއިން ރަހީނުކޮށްފައިވާ އިޒުރޭލު މީހުން މިނިވަން ކުރަން އެއްބަސްވެއްޖެއެވެ.
މިކަމާއި ގުޅިގެން ރޮއިޓަރސް އިން ވެސް ވަނީ މިޚަބަރު ކަށަވަރުކޮށް ދެއްވާފައެވެ.
އިޒުރޭލާއި ހަމާސްގެ މިއެއްބަސްވުމުަށް އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ މަރުޙަބާ ދަންނަވާފައެވެ.
މިކަމާއި ގުޅިގެން ޓްރަމްޕް ވިދާލުވި ގޮުތުގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސް ވެވިފައިވަނީ މިސްރު، ގަތަރު އަދި އެމެރިކާ މެދުވެރިވެގެން ގަތަރުގެ ވެރިރަށް ދޯހާގައި އިޒުރޭލާއި ހަމާސް އާއެކު ކުރިއަށްގެންދެވުނު ނުސީދާ ބައްދަލުވުންތަކެއްގެ ތެރެއިންނެވެ.
އެއްސްވުމަކާއި ހަމައަށް އާދެވުނު އިރު މިހަނގުރާމައަަށް ވަނީ 15 މަސްވެފައެވެ. ޣައްޒާގެ ތަފާސް ހިސބުތަކުން ފެނަނގޮތގައި މިހަނގުރާމައިގައި ފަލަސްތީނުގެ ކުދިބޮޑު 46000 އަށްވުރެ ގިނަމީހުންވަނީ ޝަހީދުކޮށްލާފައެވެ.
މިހިސާޞުން އުފެދޭ ސުވާލަކީ ކުރިންވެސް މިފަދަ އެއަބސްވުންތައް ހެދި އިޒުރޭލުން ކޮންމެ ފަހަރަކު ޚިލާފުވެގެންދާއިރު މިފަހަރުގެ ިއެއްބަސްވުމަށް ވާނީ ކިހިނެތްތޯ ކަމަށް މުރާސިލުން ސުވާލު އުފަައްދައެވެ.
ކޮމެންޓް