ކޮޕާ ޑެލް ރޭގެ ކުއާޓާ ފައިނަލުން އެބާސާ) ޖާގަ ހޯދައިފިއެވެ.
ކުއާޓާ ފައިނަލުން ބާސާ ޖާގަ ހޯދީ ފަހު 16 ޓީމުގެ ބުރުގައި 5-1 އިން ރެއާލް ބެޓިސް ބަލިކޮށްފައެވެ.
މެޗުގެ ތިންވަނަ މިނެޓުގައި ބާސާއިން ވަނީ ލަނޑެއް ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ގާވީއެވެ. ދެވަނަ ލަނޑު މެޗުގެ 27 ވަނަ މިނެޓުގައި ކާމިޔާބުކޮށްފައިވަނީ ޖޫލްސް ކޮއުންޑޭއެވެ.
މެޗުގައި ބާސާއިން ކާމިޔާބު ކުރި ފަހު ތިން ލަނޑު ޖަހާފައިވަނީ ފަހު ހާފުގައެވެ. މިގޮތުން މެޗުގެ 58 ވަނަ މިނެޓުގައި ރަފީނިއާ އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިންއިރު ހަތަރުވަނަ ލަނޑު މެޗުގެ 67 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފެރާން ޓޯރޭޒެވެ. ފަހު ލަނޑު މެޗުގެ 75 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލެމީން ޔަމާލެވެ.
މެޗުގައި ބެޓިސްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ވިކްޓާ ރޯކޭއެވެ.
ކޮމެންޓް