Telegram

އިޒުރޭލުން ޣައްޒާގައި ކުރަމުންދިޔަ ހަނގުރާމަ ހުއްޓާލައި ރަހީނުން ދޫކުރަން ވި އެއްބަސްވުމަކީ ބައިޑަންގެ ހުށަހެޅުމެއްކަމަށް ވިދާޅުވުމާއެކު މިކަން ހަގީގަތުގައި ކުރި މީހެއް މިވަނީ ނޭންގުމެއްގެ ތެރޭގައެވެ. 

މިކަން މިހެން މިވީ އިންތިޚާބީ ރައީސް ޓްރަމްޕވެސް މީސްމީޑިއާގައި ހާމަކުރައްވާފއިވާ ގޮތުގައި މިއީ އެމަނިކުފާނުގެ ސަބަބުން ލިބުނު ކުރިއެރުމެއް ކަމަށް ވިދާޅުވެފައިވާތީއެވެ. 

މިކަމުގައި ފާހަގަ ކުރެވޭ ކަމަކީ ދޯހާގައި ކުރިއަށް ގެންދެވުނު މަޝްވަރާތަކުގައި ބައިޑަންގެ ފަރާތުން ބްރެޑް މެކް އަދި ޓްރަމްޕްގެ ފަރާތުން ސްޓީވް ވިޓްކޯފް ބައިވެރިވެފައިވެއެވެ. 

ވައިޓްހައުސް އިން ވިދާޅުވާގޮތުގައި ބައިޑަން ބޭނުންފުޅުވީ ޓްރަމްޕގެ ފަރާތުނވެސް މިކަމުގައި ބައިވެރިވާށެވެ. ސަބަބަކީ މިކަން ތަންފީޒޒުކުރުމުގެ މަސައްކަތް ކުރެވޭނީ ޓްރަމްޕްގެ ރައީސްކަމުގައި ކަމަްވާތީއެވެ. 

ދިގު ޒަމާންތަކެއް ވަންދެން ކުރިއަށްދިޔަ އިސްރާއީލާއި ފަލަސްތީނުގެ ހަނގުރާމައިގެ އެންމެ ފަހުގެ ލޭއޮހޮރުވުން ފެށުނީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ. ހަމާސް އިން އިސްރާއީލަށް ހަމަލާދީ 1،200 މީހުން މަރުވެ، ގާތްގަނޑަކަށް 250 މީހުން ރަހީނުކޮށްފައިވާ ކަމަށް އިސްރާއީލުގެ ހިސާބުތަކުން ދައްކައެވެ.

އޭގެ ފަހުން އިސްރާއީލުން ޣައްޒާއަށް ދިން އަސްކަރީ ހަމަލާގައި ފަލަސްތީނުގެ 46،000އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލަފައިވާއިރު، ނަސްލު ނައްތާލުމާއި ހަނގުރާމައިގެ ޖަރީމާތަކުގެ ތުހުމަތުތައް އިސްރާއީލުން ދޮގުކުރެއެވެ. މި ހަމަލާގެ ސަބަބުން ޣައްޒާގެ މުޅި އާބާދީ ގެދޮރު ދޫކޮށް ދިއުމަށް މަޖުބޫރުވެ، ބަނޑުހައިހޫނުކަމުގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ.

ކޮމެންޓް

ކޮމެންޓު