Telegram

ސްރީ ލަންކާގައި ހިންގި އޮޕަރޭޝަނެއްގައި 283 މިލިއަން ރުޕީސް އަތުލައިގެންފި އެވެ.

އެމެރިކާ ޑޮލަރުން ބަލާ ނަމަ މިއީ ގާތްގަނޑަކަށް 955،000 ޑޮލަރު (14.7 މިލިއަން ދިވެހި ރުފިޔާ) އެވެ.

މިއީ ޑްރަގް ޓްރެފިކްކުރާ މީހެއްގެ އަތުން މިހާތަނަށް އެ ގައުމުގައި އަތުލައިގެން އެންމެ ބޮޑު އަދަދު ކަމަށެވެ.

މި ނޫޓުތައް ފެނުނީ ކުރުނެގަލާގެ ގެއެއް ބަލައި ފާސްކުރުމުގެ ތެރޭގަ އެވެ. މި އޮޕަރޭޝަނުގައި 18 ގްރާމްގެ "އައިސް" (ކްރިސްޓަލް މެތަމްފެޓަމިން) އާއި ޑަބަލް ޓެކްސީއަކާއި ވޭނެއް ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

 

ފުލުހުން ބުނީ މި ފައިސާ އަކީ މިހާރުވެސް ޖަލުގައި ހުރި މީހެއްގެ ފައިސާ ކަމަށް ބެލެވޭ ކަމަށެވެ.

ފައިސާތަކުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ކުރުނެގަލާ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މެޖިސްޓްރޭޓް ވަނީ އެ މީހާ ބަންދުގައި ބަހައްޓައި އިތުރަށް ސުވާލު ކުރުމުގެ ހުއްދަ ކަމާ ބެހޭ ފަރާތްތަކަށް ދީފަ އެވެ.

 

 

ކޮމެންޓް

ކޮމެންޓު