ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި ޕެރިސް ސެއިންޓް ޖަރމޭން (ޕީއެސްޖީ) އަތުން ބަލިވުމާ ގުޅިގެން، މެންޗެސްޓަރ ސިޓީގެ މުބާރާތުން ވަކިވުމުގެ ބިރު އިތުރުވެއްޖެއެވެ. ޕީއެސްޖީގެ ދަނޑުގައި ކުޅުނު މި މުބާރާތުގައި، އެ ޓީމުން ވަނީ ފަހަތުން އަރައިގަނެ 4-2 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެއްވެސް ލަނޑެއް ނުޖެހުނެވެ. އެހެންނަމަވެސް، ދެވަނަ ހާފު ފެށިގެން ކުރިއަށްދިޔަ ފަސްވަނަ މިނެޓުގައި މެންޗެސްޓަރ ސިޓީން ވަނީ ލަނޑެއް ޖަހައި ކުރިއަރައިފައެވެ. މި ލަނޑު ޖަހައިދިނީ ދެވަނަ ބަޔަށް ކުޅެން ނުކުތް ޖެކް ގްރީލިޝްއެވެ. އޭގެ އަށް މިނެޓު ފަހުން ގްރީލިޝް ފަހިކޮށްދިން ފުރުސަތެއްގައި ސިޓީގެ ދެވަނަ ލަނޑު ޖަހައިދިނީ އާލިންގ ހާލަންޑެވެ.
އެހެންނަމަވެސް، މި ލަނޑު ޖެހިތާ ތިން މިނެޓު ފަހުން ޕީއެސްޖީގެ ބަދަލު ކުޅުންތެރިޔާ އުސްމާން ޑެންބެލޭ ވަނީ އެ ޓީމަށް ލަނޑެއް ހޯދައިދީ، ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑާ އެކު ޕީއެސްޖީން މެޗުގެ ކޮންޓްރޯލް ހޯދައި، މެންޗެސްޓަރ ސިޓީގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ދޭން ފެށިއެވެ.
މެޗުގެ 60 ވަނަ މިނެޓުގައި ބްރެޑްލީ ބާކޯލާ ކާމިޔާބުކޮށްދިން ލަނޑުން ނަތީޖާ ހަމަހަމަވިއެވެ. ޕީއެސްޖީން ލީޑު ނެގީ 78 ވަނަ މިނެޓުގައި ޖާއޮ ނެވޭސް ޖަހައިދިން ލަނޑުންނެވެ. އެ ޓީމުގެ ފަހު ލަނޑު ޖަހައިދިނީ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ގޮންކާލޯ ރާމޯސްއެވެ.
މި ކާމިޔާބީއާ އެކު ޕީއެސްޖީ ވަނީ ހަތް މެޗުން ލިބިފައިވާ 10 ޕޮއިންޓާ އެކު މުބާރާތުގެ ފަހު 16 ޓީމުގެ ތެރެއިން ޖާގައެއް ހޯދުމަށް ކުޅޭ ޕްލޭ އޮފް މަރުޙަލާއަށް ކޮލިފައިވާ ހިސާބަށް މިވަގުތު ގޮސްފައެވެ. އެއީ، މުޅި މުބާރާތުގައި 22 ވަނައަށް ކުރިއަރައިގެންނެވެ. މެންޗެސްޓަރ ސިޓީ މިހާރު އޮތީ އަށް ޕޮއިންޓާ އެކު 25 ވަނައިގައެވެ. އެހެންކަމުން، އެ ޓީމަށް ޕްލޭ އޮފްގެ ޖާގައެއް ލިބޭނީ އަންނަ ހަފުތާގައި ކްލަބް ބްރޫޖްއާ ބައްދަލުކުރާ މެޗު ކާމިޔާބުކޮށްގެންނެވެ.
އެ މެޗު އެއްވަރުވިޔަސް މެންޗެސްޓަރ ސިޓީ މި ފަހަރުގެ ޗެމްޕިއަންސް ލީގުން ވަކިވާނެއެވެ. މި މުބާރާތުގައި އޭސީ
ކޮމެންޓް