Telegram

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގެ އެންމެ ފަހު މެޗުގައި މެންޗެސްޓަރ ސިޓީން ކްލަބް ބްރޫޖް އަތުން 3-1 އިން މޮޅުވެ، ޕްލޭ އޮފްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ސިޓީން ގިނަ ވަގުތު ބޯޅަ ގެންގުޅުނު ނަމަވެސް، ނަތީޖާ ނެރެވޭ ފަދަ ހަމަލާތަކެއް އުފެއްދުމަށް ދަތިވިއެވެ. ހާފު ނިމުމުގެ ކުރިން ބްރޫޖްގެ ރަފައެލް އޮންޔެޑީކާ ލަނޑެއް ޖަހައި، އެ ޓީމަށް ލީޑު ހޯދައިދިނެވެ.

ދެވަނަ ހާފުގައި ސިޓީން ވަރުގަދަ އެނުގަދަ އެނބުރުމެއް ގެނެސް، މެޓިއޯ ކޮވަސިޗް، ޖޮއެލް އޯޑަނޭޒް (އަމިއްލަ ގޯލަކުން) އަދި ސާވީނިއޯގެ ލަނޑުތަކާއެކު މެޗު 3-1 އިން ކާމިޔާބުކުރިއެވެ.

މި ނަތީޖާއާއެކު، މެންޗެސްޓަރ ސިޓީން ލީގު ފޭސް ނިންމާލީ 11 ޕޮއިންޓާއެކު 22 ވަނަ ޖާގައިގައެވެ. އެހެންނަމަވެސް، ޕްލޭ އޮފްގައި އެ ޓީމަށް ބައްދަލުވެދާނެކަމަށް ލަފާކުރެވެނީ ރެއާލް މެޑްރިޑް ނުވަތަ ބަޔަން މިއުނިކްއާއެވެ.


                    

ކޮމެންޓް

ކޮމެންޓު