Telegram


ހދ.ވައިކަރަދޫ ބަނަފްސާގޭ މުރުޝިދާ އިބްރާހީމް އަނގައިގެ ކެންސަރުޖެހި ތަލި ބަދަލުކުރަން ރާއްޖެއިން ބޭރަށް ދާންޖެހޭތީ، އޭނާގެ އާޢިލާއިން 
އާންމުގެ އެހީތެރިކަމަށް އެދިއްޖެއެވެ. 

 

މުރުޝިދާގެ ދޮށީ ދަރިފުޅު ހުސައިން ޝަރީފް ބުނީ މި ފަހަކަށް އައިސް އޭނާގެ މަންމައަށް ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާކަމަށެވެ. އެގޮތުން މީގެ އެއްމަސް ކުރިން ހިތުގެ ވޭލް ބަދަލުކޮށް އަދި އަނގައިގެ އޮޕަރޭޝަން ކޮށްފައިވާ ކަމަށެވެ. އަދި މަންމަގެ އަނގައަށް ކެންސަރު ޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ. 


އެގޮތުން ފުރަތަމަ ކުރި އޮޕަރޭސަނަށްފަހު އޭގެ 1 މަސްފަހުން މަންމަގެ ހާލަތު އިތުރަށް ގޯސް ވަމުން ދާތީ އައިޖީއެމްއެޗްގެ ކެންސަރ ޑޮކްޓަރަށް ދެއްކާފައިވާ ކަމަށާއި ޑޮކްޓަރު ލަފާ ދިނީ އަނގައިގެ ބޮޑު އޮޕަރޭޝަނެއް ކުރުމަށް، ވީހާވެސް އަވަހަށް އިންޑިޔާއަށް ދިއުމަށް ކަމަށް ހުސައިން ޝަރީފް ބުންޏެވެ.

 

ނަމަވެސް މިހާރުވެސް މަންމަގެ ބައްޔަށް ފަރުވާ ކުރުމަށާއި، މާލޭގައި ތިބުމަށް ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހުމުގެ ސަބަބުން ކުއްލިޔަކަށް ބޭސްފަރުވާއަކަށް ރާއްޖޭއިން ބޭރަށް ދިއުމަށް އެ ޢާއިލާގެ މަލީތަނަވަސްކަން ނެތްކަށް ޝަރީފް ބުންޏެވެ. އާސަންދައިން އެހީތެރިކަމެއް ލިބުުނު ނަމަވެސް ފަރުވާއަށް އަދި އިތުރު ފައިސާ ބޭނުންވެއެވެ. މިހާރު ނޯޕޭ ލީވްގައި ހުރުމުގެ ސަބަބުން އާމްދަނީ ލެބޭނެ އިތުރު ގޮތެއްވެސް އޭނާއަކަށް ނެތެވެ.


ބޭރަށް ގޮސް އެތާގައި ހޭދަވާނެ ވަކި މުއްދަތެއްވެސް ނޭނގޭތީ އާއި މަންމަގެ ފަރުވާ އަވަސްކުރުމަށް އެ ޢާއިލާއިން މިއަދު ބޭނުން ވަނީ އަޅުގަނޑުމެން އެންމެންގެ އެހީތެރިކަމެވެ. ކޮންމެ ބޭފުޅަކުވެސް، ވީ މިންވަރަކުން، ކޮންމެވެސް މިންވަރެއްގެ އެހީތެރިކަމެއް މި އާޢިލާއަށް ފޯރުކޮށްދެމާ ހިނގާށެވެ. 

 

7703235348101
Hussain Shareef (MVR)

7730000168607
Hussain Shareef (USD)

ކޮމެންޓް

ކޮމެންޓު