Telegram

މެންޗެސްޓަރ ޔުނައިޓެޑްގެ އިނގިރޭސި ފޯވަޑް މާކަސް ރެޝްފޯޑް، ލޯނު އެއްބަސްވުމެއްގެ ދަށުން އެސްޓަން ވިލާއަށް ބަދަލުވެއްޖެއެވެ.

27 އަހަރުގެ ރެޝްފޯޑާއެކު ވެވުނު މި އެއްބަސްވުމުގައި، މުސްތަޤުބަލުގައި ދާއިމީ ކޮންޓްރެކްޓަކަށް ބަދަލުވުމުގެ މާއްދާއެއް ހިމެނިފައިވެއެވެ. މި ލޯނު އެއްބަސްވުމުގެ ދަށުން، ރެޝްފޯޑްގެ މުސާރައިގެ 70 އިންސައްތަ އެސްޓަން ވިލާއިން ދައްކާ އިރު، އަނެއް 30 އިންސައްތަ ދައްކާނީ މެންޗެސްޓަރ ޔުނައިޓެޑުންނެވެ.

ރެޝްފޯޑް ވިދާޅުވީ މިއީ އައު ގޮންޖެހުމަކަށް ކުރިމަތިލުމަށް އެންމެ އެކަށީގެންވާ ވަގުތު ކަމަށެވެ. އަދި މި ފުރުސަތު ހޯދައިދެއްވި ކަމަށްޓަކައި މެންޗެސްޓަރ ޔުނައިޓެޑްގެ އިސްވެރިންނާއި އެސްޓަން ވިލާއަށް ޝުކުރު އަދާކުރެއްވިއެވެ.

ރެޝްފޯޑް ވިލާއަށް ބަދަލުވެވަޑައިގަތުމުގެ މައިގަނޑު ސަބަބަކީ، ކޯޗު އަމޯރިމްގެ ޕްލޭންގައި ނުހިމެނުމުގެ ސަބަބުން، ޑިސެންބަރު މަހުން ފެށިގެން މެންޗެސްޓަރ ޔުނައިޓެޑްގެ މެޗުތަކުގައި ކުޅުމުގެ ފުރުސަތު ނުލިބުމެވެ.
                    

ކޮމެންޓް

ކޮމެންޓު